ނަޒާހަތްތެރިކަމުގެ ޤައުމީ މަޝްރޫޢު

ދިވެހިރާއްޖެ

  • ފުރަތަމަ ސަފްހާ
  • ތަޢާރަފް
    • އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އިސްނެގުން
    • މިހާރުގެ ޙާލަތު
    • ދައުލަތުގެ މުއައްސަސާތަކުގެ ނަޒާހަތްތެރިކަން އިތުރުކުރުން
  • ޕްލޭން
    • އަސާސްތައް
    • މަޤުޞަދުތައް
    • ސިޔާސަތުތަކާއި، ސްޓްރޭޓްޖީތަކާއި ޙަރަކާތްތައް
  • ތަންފީޛްކުރުން
    • ތަންފީޛުކުރުމުގެ އާންމު އުޞޫލު
    • މުރާޖަޢާކުރުން
    • ޙަރަކާތްތައް ހިންގޭނެ ލެވެލް އާއި ޙަރަކާތްތައް އަމާޒުކުރާ މުއްދަތު
    • މަރުޙަލާތައް
    • ތަންފީޒުކުރެވޭ ވަރު ދެނެގަތުން
  • ބައިވެރިން
  • ޚަބަރު
  • ޕްރޮމޯޝަން
  • ފޮޓޯ ގެލެރީ
  • ޑައުންލޯޑު
  • ތަންފީޛްކުރުން
  • ތަންފީޛުކުރުމުގެ އާންމު އުޞޫލު
  • މުރާޖަޢާކުރުން
  • ޙަރަކާތްތައް ހިންގޭނެ ލެވެލް އާއި ޙަރަކާތްތައް އަމާޒުކުރާ މުއްދަތު
  • މަރުޙަލާތައް
  • ތަންފީޒުކުރެވޭ ވަރު ދެނެގަތުން

މަރުޙަލާތައް

ނޭޝަނަލް  އިންޓެގްރިޓީ ޕްލޭން ތަންފީޛުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނީ 03 މަރުޙަލާއަކަށް ބަހާލެވިގެންނެވެ.

5.1 މަރުޙަލާ 01 : ނޭޝަނަލް އިންޓެގްރިޓީ ޕްލޭން ތަންފީޒުކުރުމުގެ ފުރަތަމަ މަރުޙަލާގައި ހިމެނޭ ކަންކަމަކީ؛

  • ޕްލޭން ތަންފީޒުކުރުމަށް ފެށުމަށް ތައްޔާރުވުމުގެ ގޮތުން ނިންމަންޖެހޭ ނިންމުންތައް ނިންމުމާއި، ކުރަންޖެހޭ ލިޔެކިޔުމުގެ އެންމެހައި ކަންކަން ކުރުން
  • ޕްލޭން ތަންފީޒުކުރުމަށް ބޭނުންވާ ވަޞީލަތްތައް ހޯދުން
  • ޕްލޭން ތަންފީޒުކުރުމަށްޓަކައި ބޭނުންވާނެ ތަމްރީނު ދިނުން

މަރުޙަލާ 01 ގައި ކުރަންޖެހޭ ކަންތައްތަކުގެ ތަފުޞީލް:

# ޙަރަކާތް
1. ޕްލޭން ފައިނަލްކޮށް މުއައްސަސާތަކުގެ ލެވެލްގައި އެންޑޯރސްކުރުން
2. ޕްލޭންގެ ފަހު ދެލިކޮޕީ ރައީސުލް ޖުމްހޫރިއްޔާއަށް ހުށަހަޅާ ދައުލަތުގެ ފަރާތުން ތަންފީޒުކުރާ ޕްލޭނެއްގެ ގޮތުގައި ހަމަޖެއްސުމަށް އެދުން
3. ރައީސުލް ޖުމްހޫރިއްޔާގެ އޮފީހާއެކު ފަންނީ ލެވަލްގައި މަޝްވަރާކޮށް ޕްލޭނަށް ގެންނަން ރައީސް ބޭނުންފުޅުވާ އިސްލާޙްތަކާއެކު ޕްލޭން ފައިނަލްކުރުން
4. ނޭޝަނަލް އިންޓެގްރިޓީ ޕްލޭން ތަންފީޒުކުރުމުގެ އެންމެ އިސް ދައުރު ލިބޭ އިދާރާގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ކަނޑައަޅައި، އިދާރާ ކަނޑައެޅުން
5. ނޭޝަނަލް އިންޓެގްރިޓީ ޕްލޭން ތަންފީޒުކުރުމުގެ އެންމެ އިސް ދައުރު ލިބޭ އިދާރާ އަށް ބޭނުންވާ ހުރިހާ ވަޞީލަތްތައް ޤާއިމުކޮށްދިނުން
6. ދައުލަތުގެ ކޮންމެ އިދާރާއެއްގައިވެސް އެކުލަވާލެވޭ “އިންޓެގްރިޓީ ކޮމިޓީ”  ގެ ހިންގުމުގެ އުޞޫލު އެކުލަވާލައި އިޚްތިޞާސް ކަނޑައަޅައި، އެންޑޯރސްކޮށް އަދި ފައިނަލްކުރުން
7. ދައުލަތުގެ ކޮންމެ އިދާރާއެއްގައިވެސް އެކުލަވާލެވޭ “އިންޓެގްރިޓީ ކޮމިޓީ”  އުފެއްދުމާ ގުޅޭ ގޮތުން ދޭންޖެހޭ ތަމްރީނުތައް ދީ ، ބޭނުންވާ ވަޞީލަތްތައް ޤާއިމްކޮށްދިނުން
8. ރަސްމީކޮށް “ނެޝަނަލް އިންޓަރގްރިޓީ ޕްލޭން އޮފް މޯލްޑިވްސް” ލޯންޗުކުރުން

5.2 މަރުޙަލާ 02 : ނޭޝަނަލް އިންޓެގްރިޓީ ޕްލޭން ތަންފީޒުކުރުމުގެ ދެވަނަ މަރުޙަލާގައި ހިމެނޭ ކަންކަމަކީ؛

  • ނޭޝަނަލް އިންޓެގްރިޓީ ޕްލޭންގައި ހިމެނޭ ޙަރަކާތްތައް ތަންފީޒުކުރަން ފެށުން

މަރުޙަލާ 02 ގައި ކުރަންޖެހޭ ކަންތައްތަކުގެ ތަފުޞީލް:

# ޙަރަކާތް
1. ޙަރަކާތްތައް ތަންފީޒުކުރަން ފެށުމުގެ ގޮތުން، މަސްއޫލުވާ އިދާރާތަކާއި މަސައްކަތްތައް ޙަވާލުކުރުން
2. ޙަރަކާތްތައް ތަންފީޒުކުރުމުގެ ޢަމަލީ މަސައްކަތް ފަށާނެ ދުވަހެއް ކަނޑައަޅައި މަސައްކަތްތައް ފެށުން
3. ޙަރަކާތްތައް ތަންފީޒުކުރަން ފަށައި، ރިވިއުކޮށް ރިޕޯޓުކުރަންޖެހޭ މުއްދަތުތަކުގައި އެކަންކަން ކުރުން

5.3 މަރުޙަލާ 03 : ނޭޝަނަލް އިންޓެގްރިޓީ ޕްލޭން ތަންފީޒުކުރުމުގެ ތިންވަނަ މަރުޙަލާގައި ހިމެނޭ ކަންކަމަކީ؛

  • ނޭޝަނަލް އިންޓެގްރިޓީ ޕްލޭން ތަންފީޒުކުރަން ފެށުމަށް ފަހު ދިމާވާ ދަތިތަކާއި، ކުރެވޭ ތަޖުރިބާގެ އަލީގައި ޕްލޭނުގެ ސިޔާސަތުތަކާއި، ސްޓްރެޓެޖީތަކާއި، ޙަރަކާތްތަކާއި، ހިންގުމުގެ ވައްޓަފާޅިތަކަށް ގެންނަން ޖެހޭ ބަދަލުގެނެސް، ޕްލޭނަކީ ދިރެމުންދާ އެއްޗެއްގެ ގޮތުގައި ދެމެހެއްޓުން

މަރުޙަލާ 03 ގައި ކުރަންޖެހޭ ކަންތައްތަކުގެ ތަފުޞީލް:

# ޙަރަކާތް
1. ޙަރަކާތްތައް މުރާޖަޢާ ކުރުން
2. ޙަރަކާތްތައް މުރާޖަޢާ ކުރުމަށް ފަހު ޙަރަކާތްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން
3. ރިވިއުކުރާ ގޮތަށް ބަދަލުގެންނަން ޖެހޭނަމަ ބަދަލު ގެނައުން
4. ޕްލޭންގެ މުއްދަތު އިތުރުކުރަންޖެހޭ ގޮތް ދެނެގަނެ އެކަން ކަނޑައެޅުން


  • ނަޒާހަތްތެރިކަމުގެ ޤައުމީ މަޝްރޫޢު
  • އެންޓި-ކޮރަޕްޝަން ކަމިޝަން
  • ފޯން: 3015200