ނަޒާހަތްތެރިކަމުގެ ޤައުމީ މަޝްރޫޢު

ދިވެހިރާއްޖެ

  • ފުރަތަމަ ސަފްހާ
  • ތަޢާރަފް
    • އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އިސްނެގުން
    • މިހާރުގެ ޙާލަތު
    • ދައުލަތުގެ މުއައްސަސާތަކުގެ ނަޒާހަތްތެރިކަން އިތުރުކުރުން
  • ޕްލޭން
    • އަސާސްތައް
    • މަޤުޞަދުތައް
    • ސިޔާސަތުތަކާއި، ސްޓްރޭޓްޖީތަކާއި ޙަރަކާތްތައް
  • ތަންފީޛްކުރުން
    • ތަންފީޛުކުރުމުގެ އާންމު އުޞޫލު
    • މުރާޖަޢާކުރުން
    • ޙަރަކާތްތައް ހިންގޭނެ ލެވެލް އާއި ޙަރަކާތްތައް އަމާޒުކުރާ މުއްދަތު
    • މަރުޙަލާތައް
    • ތަންފީޒުކުރެވޭ ވަރު ދެނެގަތުން
  • ބައިވެރިން
  • ޚަބަރު
  • ޕްރޮމޯޝަން
  • ފޮޓޯ ގެލެރީ
  • ޑައުންލޯޑު
  • ތަންފީޛްކުރުން
  • ތަންފީޛުކުރުމުގެ އާންމު އުޞޫލު
  • މުރާޖަޢާކުރުން
  • ޙަރަކާތްތައް ހިންގޭނެ ލެވެލް އާއި ޙަރަކާތްތައް އަމާޒުކުރާ މުއްދަތު
  • މަރުޙަލާތައް
  • ތަންފީޒުކުރެވޭ ވަރު ދެނެގަތުން

ތަންފީޛުކުރުމުގެ އާންމު އުޞޫލު

މިބައިގައި ހިމެނޭނީ، ނޭޝަނަލް އިންޓެގްރިޓީ ޕްލޭން ތަންފީޒުކުރުމުގެ އާންމު އުޞޫލެވެ. ޕްލޭން ތަންފީޒުކުރުމުގައި އާންމުކޮށް ޢަމަލުކުރުމުގައި، ޕްލޭން ތަންފީޒުކުރާ އިދާރާތަކުން ޢަމަލުކުރާނީ، މިބައިގައި ކަނޑައަޅާފައިވާ އުޞޫލަށެވެ.

2.1 މަރުކަޒީ ހިންގުން

ނޭޝަނަލް އިންޓެގްރިޓީ ޕްލޭން، ތަންފީޒުކުރުމުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވާނީ، މުޅި ޕްލޭން ތަންފީޒުކުރުމުގެ އެންމެ އިސް މަސްއޫލިއްޔަތު ލިބިފައިވާ އިދާރާއެވެ. އެ އިދާރާގައި، މިކަމަށްޓަކައި ޚާއްޞަކުރެވޭ ވަކި މުވައްޒަފުން ތިބޭނެއެވެ. ތަންފީޒުކުރުމުގެ އެންމެހައި ކަންކަން ވިލަރެސްކޮށް ބަލަހައްޓަމުންދާނީ އެކަމަށް ޚާއްޞަކުރެވޭ މުވައްޒަފުންނެވެ. މުޅި ޕްލޭން އޭގެ މަޤްޞަދާއި ބޭނުން ފުރިހަމަވާ ގޮތަށް ތަންފީޒުކުރެވޭ ކަން ޔަޤީންކުރުމަކީ މި އިދާރާގެ މަސްއޫލިއްޔަތެކެވެ. އަދި އެމަޤްޞަދު ޙާޞިލުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ރާވައި ހިންގައި ކުރުމުގެ ޒިންމާ ލިބޭ ފަރާތަކީވެސް މިއިދާރާއެވެ. މިކަމަށްޓަކައި ކުރަންޖެހޭ އެންމެހައި އިދާރީ އަދި ފަންނީ މަސައްކަތްތައް މިއިދާރާއިން ރާވައި ހިންގަންވާނެއެވެ. އަދި މިކަމަށްޓަކައި ބޭނުންވާނެ ބަޖެޓާއި އެހެނިހެން ވަޞީލަތްތައް މިއިދާރާއިން ހޯދަންވާނެއެވެ. މުޅި ޕްލޭން އެއްކޮށް ރިވިއުކޮށް، ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، އިތުރުކުރަން ޖެހޭ ކަންކަން އިތުރުކުރުމުގެ މައިގަނޑު ޒިންމާ އަދާކުރާނީ  މިއިދާރާއިންނެވެ.

އަދި ހަމަ އެއާއިއެކު، ޕްލޭނުގައި ހިމެނޭ، ނިޒާމުތަކާއި ގުޅުންހުރި ޙަރަކާތްތަކާއި ޕްރޮގްރާމްތައް ތަންފީޒުކުރުމުގެ އެންމެ އިސް މަސްއޫލިއްޔަތު އޮންނާނީ، އެ ނިޒާމެއްގެ އެންމެ އިސް (މިސާލަކަށް ޝަރުޢީ ދާއިރާގެ ކަމެއް ނަމަ، ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު)  މުއައްސަސާއަކަށެވެ.

2.2 ވަކިވަކި ޙަރަކާތްތައް ހިންގުން

ނޭޝަނަލް އިންޓެގްރިޓި ޕްލޭން ގައި ހިމެނޭ ޙަރަކާތްތައް ތަންފީޒުކުރާނީ އެ ޙަރަކާތެއް ހިންގުމާ މަތިކުރެވިފައިވާ، އިދާރާއެއް ނުވަތަ އިދާރާތަކެއް ގުޅިގެންނެވެ. އަދި ކޮންމެ ޙަރަކާތެއްވެސް ތަންފީޒުކުރުމުގައި އިސްކޮށް ޙަރަކާތްތެރިވާނީ، ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ލިބިފައިވާ އެންމެ އިސް އިދާރާއެކެވެ. ގިނަ އިދާރާތައް ބައިވެރިވެގެން ތަންފީޒުކުރާ ޙަރަކާތެއް ހިންގުމުގައި އިސްވެ ތަންފީޒުކުރާ އިދާރާއަށް، ބައިވެރިވާ އެހެން އިދާރާތަކުގެ އެއްބާރުލުން ދޭންވާނެއެވެ. ޕްލޭންގައި ހިމެނޭ ޙަރަކާތްތަކުގެ ތެރެއިން، ވަކި އިދާރާއަކާ، ތަންފީޒުކުރުމަށް ޙަވާލުކުރެވޭ ޙަރަކާތެއް، ހިންގުމާ ގުޅޭގޮތުން ނިންމާ ނިންމުންތައް އެ އިދާރާއަކަށް އަމިއްލައަކަށް ނިންމިދާނެއެވެ. ނަމަވެސް، އެއް       ވެސް ބަދަލެއް ގެނެވޭނަމަ، އެކަން، ކަމާ ގުޅުންހުރި ހުރިހައި ފަރާތްތަކާ ޙިއްޞާކުރަންވާނެއެވެ.

މިގޮތުން،  ނޭޝަނަލް އިންޓަރގްރިޓީ ޕްލޭން ތަންފީޒު ކުރުމުގެ ގޮތުން، ދައުލަތުގެ އިދާރާތަކުން ކުރަންޖެހޭ މަސައްކަތްތައް، އެއިދާރާއަކުން ދެނެގަނެ އެކަންކަން ކުރާނެ ގޮތުގެ “އަހަރީ އެކްޝަން ޕްލޭނެއް” އެކުލަވާލަންވާނެއެވެ. އަދި އެ އެކުލަވާލާ “އަހަރީ އެކްޝަން ޕްލޭން”، މުޅި ޕްލޭން ތަންފީޒުކުރުމުގެ އެންމެ އިސް މަސްއޫލިއްޔަތު ލިބޭ މުއައްސަސާއާއި އަދި ކަމާ ގުޅުންހުރި ހުރިހައި މުއައްސަސާތަކާ ޙިއްޞާކުރަންވާނެއެވެ. މިގޮތުން ކުރިއަށް އޮންނަ އަހަރުގެ “އަހަރީ އެކްޝަން ޕްލޭން” ހިނގަމުންދާ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ޙިއްޞާކުރަންވާނެއެވެ. އަދި މި ރިޕޯޓު އާންމުކޮށް ޝާއިޢުކުރަންވާނެއެވެ. އަދި ޙަރަކާތްތައް ކުރިއަށް ގެންދާ ގޮތުގެ “ޕްރޮގްރެސް ރިޕޯޓެއް” ކޮންމެ 3 މަހަކުން ތައްޔާރުކޮށް، ކަމާ ގުޅުންހުރި ހުރިހައި ފަރާތްތަކާ ޙިއްޞާކޮށް އާންމުކުރަންވާނެއެވެ.

2.3 ތަންފީޒުކުރުމުގެ ގޮތް

ވަކި ޙަރަކާތެއް ތަންފީޒުކުރުމުގައި، ވަކި ގޮތެއް ކަނޑައަޅައި ބަޔާންކޮށްފައިވާ ޙާލަތެއްގައި، ތަންފީޒުކުރުމުގައި އިސްކުރަންވާނީ އެ ގޮތެކެވެ. އެ ގޮތަކަށް ތަންފީޒުކުރުމަށް ދަތިވާ ޙާލުގައި، ކަމާ ގުޅުންހުރި ހުރިހައި ފަރާތްތަކާ މަޝްވަރާކުރެވި އެހެން ގޮތެއް އިޚްތިޔާރުކުރެވިދާނެއެވެ.  ވަކި ޙަރަކާތެއް ތަންފީޒުކުރާނެ ގޮތް ކަނޑައެޅިގެން ބަޔާންކޮށްފައިނުވާ ޙާލަތުގައި، އެ ޙަރަކާތެއް ތަންފީޒުކުރާނެ ގޮތެއް އެކުލަވާލައި، ހިންގުމަކީ، ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ލިބިފައިވާ އެންމެ އިސް އިދާރާގެ މަސްއޫލިއްޔަތެކެވެ. އަދި މިފަދަ ޙާލަތެއްގައި، ތަންފީޒުކުރުމުގައި ބައިވެރިވާ އެހެނިހެން އިދާރާތަކުގެ މަޝްވަރާ ހޯދަންވާނެއެވެ.

2.4 އިންޓެގްރިޓީ ކޮމިޓީ އަދި އިންޓެގްރިޓީ އޮފިސަރުން

އިދާރާތަކުން ވަކިވަކިން، ފަރުދީ ގޮތުގައި ތަންފީޒުކުރަންޖެހޭ ޙަރަކާތްތައް، ތަންފީޒުކުރުމުގެ ދައުރުގައި އެ އިދާރާއަކުން އެންމެ އިސްކޮށް ޙަރަކާތްތެރިވާނީ، އިދާރާތަކުގައި އެކުލަވާލެވޭ، އިންޓެގްރިޓީ ކޮމިޓީތަކުން ނުވަތަ އޮފިސަރުންނެވެ. ކޮމިޓީއެއް އުފެއްދޭ ވަރަށް އިދާރާގައި މުވައްޒަފުން ނެތް ނަމަ އޮފިސަރުން އުފައްދާނީއެވެ. މިފަދަ ކޮމިޓީތަކުގެ މަސައްކަތްތަކަށް، ކޮންމެ އިދާރާއެއްގެވެސް، ވެރިންނާއި، މަތީ އަދި މެދު މެނޭޖުމެންޓާއި ހުރިހައި ގިންތިއެއްގައިވެސް އެއްބާރުލުން ދޭންވާނެއެވެ. އަދި މިމަސައްކަތަކީ، އިތުރު މުވައްޒަފުންނަށް އާ ވަޒީފާ އުފައްދައިގެން  ކުރަންޖެހޭ މަސައްކަތެއް ނޫނެވެ. އިދާރާއެއްގެ ތެރޭގައި، މިފަދަ މަސްއޫލިއްޔަތެއް ލިބޭ އެއްވެސް ފަރާތެއް ނުވަތަ ކޮމިޓީ އެއް އޮތްނަމަ، މިމަސައްކަތުގެ ރޫޙު ނުގެއްލޭނެހެން އެފަރާތެއްގެ ޒިންމާގައި މިމަސައްކަތްވެސް ހިމެނިދާނެއެވެ.


  • ނަޒާހަތްތެރިކަމުގެ ޤައުމީ މަޝްރޫޢު
  • އެންޓި-ކޮރަޕްޝަން ކަމިޝަން
  • ފޯން: 3015200