ޕްރޮމޯޝަން

ތަޢާރުފު

މިއީ އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިސްނަގައިގެން އުފައްދާ، ދިވެހިރާއްޖޭގެ ނޭޝަނަލް އިންޓްގެރިޓީ ޕްލޭން 2015-2019  ޕްރޮމޯޓުކުރާނެ ގޮތުގެ ސްޓްރެޓެޖީއެވެ. މި ލިޔުމުގެ ބޭނުމަކީ ނޭޝަނަލް އިންޓްގެރިޓީ ޕްލޭން 2015-2019 ގުޅުންހުރި އެންމެހައި ކަންކަން ޢާންމުކޮށް ހާމަކުރުމުގެ ކަންކަން އިސްތިރާތީޖީ (ސްޓްރެޓެޖިކް) ވައްޓަފާޅިއެއްގައި ކުރާނެގޮތް ކަނޑައެޅުމެވެ. މިމަސައްކަތްކުރާނީ، މި ލިޔުމުގައި ތަފްސީލުކުރެވިފައިވާ އުސޫލްތަކާއި ހަމަތަކުގެ މަތީންނެވެ.

ބޭނުން

މި މަސައްކަތުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ ނޭޝަނަލް އިންޓްގެރިޓީ ޕްލޭން 2015-2019  އަކީ ވީހާވެސް ގިނަބަޔަކު އެ ތަންފީޛުކުރުމުގައި ބައިވެރިވާ އަދި ވީހާވެސް ގިނަބަޔަކު އެޔަށް ޢަމަލުކުރާ ޕްލޭނަކަށް، ހެދުމެވެ.

އަމާޒުކުރެވޭ ފަރާތްތައް

މި ސްޓްރެޓެޖީގެ ދަށުން ހާމަކުރެވޭ މަޢުލޫމާތު އަމާޒުކުރާނީ އަންނަނިވި ފަރާތްތަކަށެވެ.

  1. ދައުލަތުގެ ތިން ބާރު
  2. މިނިވަން މުއައްސަސާތައް
  3. ދައުލަތުގެ އިދާރާތައް
  4. ދައުލަތުގެ ކުންފުނިތައް
  5. ޖަމްޢިއްޔާ ޖަމާޢަތްތައް
  6. އާންމު ފަރުދުން

ގޮތްތަކާއި  ވަޞީލަތްތައް (މެތަޑް އޮފް ޕްރޮމޯޝަން)

ދިވެހިރާއްޖޭގެ ނޭޝަނަލް އިންޓްގެރިޓީ ޕްލޭން 2015-2019 ޕްރޮމޯޓްކޮށް އެޔާއި ގުޅޭ މަޢުލޫމާތު ހާމަކޮށް ޢާންމުކުރުމުގައި ބޭނުންކުރާނީ އަންނަނިވި ގޮތްތަކާއި ވަޞީލަތްތަކެވެ.

  1. ވަން ޓު ވަން ކޮމިޔުނިކޭޝަން (ޑައިރެކްޓް މާރކެޓިންގ)
    1. ކޮންމެ ސްޓޭކްހޯލްޑަރ މުއައްސަސާއަކަށް ފޮނުވޭ ސިޓީ
    2. ސްޓޭކްހޯލްޑަރ މުއައްސަސާތަކާއެކު ބޭއްވޭ ބައްދަލުވުން
  • ކޮންމެ ސްޓޭކްހޯލްޑަރ މުއައްސަސާއަކާ ވަކިވަކިން ބޭއްވޭ ބައްދަލުވުން (ޕްރެޒެންޓޭޝަން)
  1. ބަލްކް އެސްއެމްއެސް
  2. ޖަމްޢިއްޔާ ޖަމާޢަތްތަކާއެކު ބޭއްވޭ ބައްދަލުވުންތައް (ބަލަދުވެރި ފަރާތާއެކު)
  3. ކައުންސިލްތަކަށް ޚާއްޞަކޮށް ހިންގޭ ކަންކަން

 

  1. އެޑްވަޓައިޒިން : ބްރޯޑްކާސްޓް އަދި ޕްރިންޓް މީޑިއާ އެޕްރޯޗް
    1. ޓީވީ
    2. ރޭޑިޔޯ
  • ޗާޕުކުރާ ނޫސްތައް
  1. އެޑްވަޓައިޒިންގ : ޑިޖިޓަލް މީޑިއާ
  2. ޑިޖިޓަލް މީޑިއާ ޕްލެޓްފޯމުތަކުގައި ބޭނުންކުރާނެ ހޭޝްޓެގެއް އެކުލަވާލުން
  3. އޮފީހުގެ ސޯޝަލް މީޑިއާގެ ވަޞީލަތްތައް
  • ޕްލޭނާ ގުޅޭގޮތުން ހެދޭ ޚާއްޞަ ވެބްސައިޓް
  1. އޮންލައިންކޮށް ޝާއިޢުކުރެވޭ ނޫސްތައް
  2. މޮބައިލް އެޕްލިކޭޝަން

 

  1. ލުއި މަޢުލޫމާތު
  2. ލީފްލެޓް/ފްލަޔަރ/ކަރުދާސް އަދި ބެނަރފަދަ ވަޞީލަތްތައް
  3. ޕޯސްޓަރ/ބިލްބޯޑް/ ބެލޫން
  • ސްޓިކަރ/ބަޓަން/ކެޕް/ޓީޝަރޓް/ގަލަން/ޖޯޑު ފަދަ ތަކެތި
  1. އޮފީސްތަކާއި އަދި އެހެނިހެން (ފެރީ ޓާރމިނަލް ފަދަ) ތަންތާގައި ބަހައްޓާފައި ހުންނަ ޓީވީ ފަދަ ވަޞީލަތްތައް ބޭނުންކުރުން
  2. ބިގް ޓީވީ ފަދަ ކަންމަތީ ޓީވީތަކަށް އިޝްތިހާރުކުރުން
  3. ކަރަންޓް ފެންބިލްފަދަ ތަކެއްޗާއެކު ގަނޑެއް ހިމެނުން

 

  1. ޕީއާރު އިވެންޓުތައް
  2. އެންއައިޕީގެ މަސައްކަތްކުރިއަށް ގެންދާކަން މީޑިއާގައި އާންމުކުރުން
  3. އެންއައިޕީ ލޯގޯ ހެދުމުގެ މުބާރާތް ބާއްވައި އެއްވަނަ ހޮވައި، ލޯގޯ އިފްތިތާޙުކުރުން
  • ޤައުމީ މަހާސިންތާ
  1. ލޯންޗްކުރުން
  2. އެންއައިޕީ ޕްރޮމޯޓްކުރުމަށް އެމްބެސަޑަރުން ހަމަޖެއްސުން
  3. ޕީއާރު ޕްރަޑަކްޓް އޭޖެންޓުންގެ ގޮތުގައި ސްކޫލް ދަރިވަރުން ބޭނުންކުރުން (ސްކޫލްތަކުން ހޮވާލެވޭ ދަރިވަރުން ބޭނުންކުރުން)
  • ޕެނަލް ޑިސްކަޝަން/ ޕަބްލިކް ފޯރަމް
  • އެންއައިޕީއާ ގުޅޭ މަޢުލޫމާތު އާންމުކުރުމަށް ބޭއްވޭ ރޯޑް ޝޯވ/ކުޑަކުދިންގެ ހަވީރު/ދުވުން/ފެތުން/ހިނގުން ފަދަ ޙަރަކާތްތައް
  1. އެންއައިޕީ ތީމް ސޯންގ ހަދައި ލޯންޗްކުރުން

 

  1. ސްޕެސިފިކް އިވެންޓްތަކުން ޖާގަހޯދުން
  2. ސިވިލް ސަރވިސް ކޮންފަރެންސް 2016 ގައި ހުށަހަޅާ ޕޭޕަރު

 

  1. ޕޮލިޓިކަޕް ވިލިންގނަސް ހޯދުން
  2. ދައުލަތުގެ 3 ބާރާއެކު ބޭއްވޭ ހައި-ލެވެލް ސްޓޭކްހޯލްޑަރ ބައްދަލުވުންތައް
  3. ސިވިލް ސަރވިސް ކޮމިޝަނާއެކު ބޭއްވޭ ބައްދަލުވުން