ނަޒާހަތްތެރިކަމުގެ ޤައުމީ މަޝްރޫޢު

ދިވެހިރާއްޖެ

  • ފުރަތަމަ ސަފްހާ
  • ތަޢާރަފް
    • އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އިސްނެގުން
    • މިހާރުގެ ޙާލަތު
    • ދައުލަތުގެ މުއައްސަސާތަކުގެ ނަޒާހަތްތެރިކަން އިތުރުކުރުން
  • ޕްލޭން
    • އަސާސްތައް
    • މަޤުޞަދުތައް
    • ސިޔާސަތުތަކާއި، ސްޓްރޭޓްޖީތަކާއި ޙަރަކާތްތައް
  • ތަންފީޛްކުރުން
    • ތަންފީޛުކުރުމުގެ އާންމު އުޞޫލު
    • މުރާޖަޢާކުރުން
    • ޙަރަކާތްތައް ހިންގޭނެ ލެވެލް އާއި ޙަރަކާތްތައް އަމާޒުކުރާ މުއްދަތު
    • މަރުޙަލާތައް
    • ތަންފީޒުކުރެވޭ ވަރު ދެނެގަތުން
  • ބައިވެރިން
  • ޚަބަރު
  • ޕްރޮމޯޝަން
  • ފޮޓޯ ގެލެރީ
  • ޑައުންލޯޑު
  • ޕްލޭން
  • ނެޝަނަލް އިންޓެގްރިޓީ ޕްލޭންގެ އަސާސްތައް
  • ނެޝަނަލް އިންޓެގްރިޓީ ޕްލޭންގެ މަޤުޞަދުތައް
  • ސިޔާސަތުތަކާއި، ސްޓްރޭޓްޖީތަކާއި ޙަރަކާތްތައް

ޕްލޭން

ނޭޝަނަލް އިންޓެގްރިޓީ ޕްލޭން އެކުލަވާލުމުގެ މަސައްކަތް  ކުރެވިފައިވަނީ ދެ މަރުޙަލާއަކަށް ބަހާލެވިގެންނެވެ.

މަރުޙަލާ 01 :

ފުރަތަމަ މަރުޙަލާގެ މަސައްކަތް ކުރެވިފައިވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ އެތެރޭގެ ލެވެލްގައެވެ. މިގޮތުން ކޮމިޝަނުގެ އެތެރޭގެ ލެވެލްގައި ކަނޑައެޅުނު ޓެކްނިކަލް ކޮމިޓީއެއް ހޮވާލެވި، އެކޮމިޓީގެ ފެންވަރުގައި މަޝްވަރާކުރެވި، މުޅި މަސައްކަތަކީ “އެވިޑެންސްޑް ބޭސްޑް” މަސައްކަތަކަށް ހެދުމަށް ނިންމުނެވެ. މިމަސައްކަތުގައި ބޭނުންކުރެވިފައިވާ “އެވިޑެންސް”ގެ ވައްތަރުތަކަކީ ތިރީގައި އެވާ ބާވަތްތަކެވެ.

  • ތަފާތު އެކި ދިރާސާތައް (މަތީގައި ބަޔާންކުރެވިފައިވާ)
  • އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބަލައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ދަޢުވާކުރުމަށް އެދި ފޮނުވާފައިވާ މައްސަލަތައް

ނޭޝަނަލް އިންޓެގްރިޓީ ޕްލޭންގެ ޓެކްނިކަލް ކޮމިޓީގެ ފެންވަރުގައި އިސްވެ ދެންނެވުނު ދިރާސާތަކާއި ރިޕޯޓުތައް ދިރާސާކުރެވިފައިވަނީ ގްރޫޕް އަދި ފަރުދީ އެސައިންގމެންޓްގެ ގޮތުގައެވެ. އެކުރެވުނު ދިރާސާތަކުގެ އަލީގައި ފާހަގަކުރެވުނު ކަންކަމުގެ މައްޗަށް، ކޮމިޓީ ލެވެލްގައި ޕްލޭންގެ  ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އަދި ޙަރަކާތްތަކުގެ ދެލިކޮޕީއެއް އެކުލަވާލެވުނެވެ.

އެކުލަވާލެވުނު ފުރަތަމަ ދެލިކޮޕީއަށް، އެންޓި-ކޮރަޕްޝަން ކޮމިޝަނުގް ހުރިހައި މުވައްޒަފުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށްޓަކައި އެއް ދުވަހުގެ ވަރކްޝޮޕެއް ބޭއްވިފައިވެއެވެ. މިވަރކްޝޮޕްގައި މުވައްޒަފުން ގްރޫޕްތަކަށް ބަހާލެވި، އެކި ގްރޫޕްތަކަށް، ޕްލޭންގެ ދެލިކޮޕީގައި ހިމެނޭ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އަދި ޙަރަކާތްތަކުގެ މައްޗަށް ގްރޫޕް ލެވެލްގައި މަޝްވަރާކޮށް، ކޮންމެ ގްރޫޕަކުންވެސް އެގްރޫޕެއްގެ ޚިޔާލާއި މަޝްވަރާ ހުށަހަޅައި، އެހެން ގްރޫޕްތަކުގެ ޚިޔާލާއި މަޝްވަރާ އިތުރުކުރެވުނެވެ. މިމަސައްކަތުން ޕްލޭންގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އަދި ޙަރކާތްތަކުގެ 2ވަނަ ދެލިކޮޕީ އެކުލަވާލެވުނެވެ.

 

މަރުޙަލާ 02 :

ނޭޝަނަލް އިންޓެގްރިޓީ ޕްލޭންއަކީ ޤައުމީ ފެންވަރުގައި ތަންފީޒުކުރުމަށްޓަކައި ހެދިފައިވާ ޕްލޭނެއްކަމުން، މި ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރެވިފައިވަނީ ދައުލަތުގެ ހުރިހައި ފަރާތްތަކުގެ ބައިވެރިވުމާއެކުއެވެ. މިގޮތުން މިމަސައްކަތުގައި ބައިވެރިވުމަށް ދައުލަތުގެ ހުރިހައި އިދާރާއަކަށްވެސް ދަޢުވަތުދެވުނެވެ. ޕްލޭން އެކުލަވާލުމުގެ 2ވަނަ މަރުޙަލާގެ މަސައްކަތްކުރެވިފައިވާނީ، މިމަސައްކަތުގައި ކޮމިޝަނާއެކު ބައިވެރިވި ހުރިހައި އިދާރާއެއްގެ ޚިޔާލު ހޯދިގެންނެވެ. މިގޮތުން ދައުލަތުގެ އިދާރާތަކުން ޕްލޭން އެކުލަވާލުމުގެ މަސައްކަތަށް ކަނޑައަޅާފައިވި ފޯކަލް ޕޮއިންޓުންނާއެކު މައިގަނޑު ބޮޑު 04 ބައްދަލުވުމެއް ބޭއްވި، އެފަރާތްތަކުގެ މަޝްވަރާ ހޯދިފައިވެއެވެ. އަދި އެ ބައްދަލުވުމަށް ފަހު އެއިދާރާތަކުގެ ޚިޔާލާ މަޝްވަރާ ހޯދުމަށްޓަކައި ކޮމެންޓުކުރުމަށް 01 މަސްދުވަހުގެ މުއްދަތެއް ދެވުނެވެ. އަދި ވަކި ވަކި އިދާރާތަކަށް ކޮމިޝަންގެ ފަރާތުން، ޒިޔާރަތްކޮށް ޕްރެޒެންޓޭޝަން ދެވި މަޝްވަރާއާއި ޚިޔާލު ހޯދިފައިވާނެއެވެ. މިމަޝްވަރާއި ޚިޔާލުތަކާއެކު ޕްލޭންގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އަދި ޙަރަކާތްތަކުގެ 03 ވަނަ ދެލިކޮޕީ އެކުލަވާލެވުނެވެ.


  • ނަޒާހަތްތެރިކަމުގެ ޤައުމީ މަޝްރޫޢު
  • އެންޓި-ކޮރަޕްޝަން ކަމިޝަން
  • ފޯން: 3015200