ނޭޝަނަލް އިންޓެގްރިޓީ ޕްލޭނާބެހޭ މަޢުލޫމާތު ދައުލަތުގެ ކުންފުނިތަކާ ޙިއްޞާކޮށްފި

DSC_0167-570x340

ކުރިޔަށް އޮތް 05 އަހަރަށް ތައްޔާރު ކުރެވޭ، ނޭޝަނަލް އިންޓެގްރިޓީ ޕްލޭން އެކުލަވާލުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާއެކު ކުރިއަށް ގެންދާ ސިލްސިލާ ބައްދަލުވުން ތަކުގެ ތެރެއިން 26 ވަނަ ބައްދަލުވުން ދައުލަތުގެ ޙިއްޞާ އޮންނަ ކުންފުނިތަކާއެކީ ބާއްވައިފިއެވެ. މިބައްދަލުވުން ބޭއްވިފައިވަނީ 27 އޮކްޓޯބަރު 2015 ގެ މެންދުރު 14:00 ގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުގައެވެ.
ނޭޝަނަލް އިންޓެގްރިޓީ ޕްލޭނަކީ ދައުލަތުގެ މުއައްސަސާތަކުގެ ނަޒާހަތްތެރިކަން އިތުރުކުރުމަށް އޭސީސީން އިސްނަގައިގެން ދައުލަތުގެ އިދާރާތަކާއި އަދި ބައެއް އަމިއްލަ ފަރާތްތަކާ ގުޅިގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. މިއަދުގެ ބައްދަލުވުމުގައި ނޭޝަނަލް އިންޓަގްރިޓީ ޕްލޭންގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ދައުލަތުގެ ޙިއްސާ އޮންނަ ކުންފުނިތަކަށް އަދާކުރެވިދާނެ ދައުރާބެހޭގޮތުން މަޝްވަރާ ކުރެވުނެވެ.
މި ބައްދަލުވުމުގައި ބައިވެރިވި ކުންފުނިތަކުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް، ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް، އައިލެންޑް އޭވިއޭޝަން ސަރވިސަސް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން، މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ، ފެނަކަ ކޯރޕަރޭޝަން އަދި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން ހިމެނެއެވެ. އޭސީސީގެ މެމްބަރުން ބައިވެރިވި މިއަދުގެ ބައްދަލުވުމުގައި ދައުލަތުގެ ކުންފުނިތަކުގެ ބަލަދުވެރި ފަރާތްކަމަށްވާ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ފަރާތުންވެސް ވަނީ ބައިވެރި ވެފައެވެ.