ނޭޝަނަލް އިންޓެގްރިޓީ ޕްލޭން އެކުލަވާލުމާބެހޭ ތިންވަނަ ބައްދަލުވުން ބާއްވައިފި

DSC_0439-570x340

ކުރިޔަށް އޮތް 05 އަހަރަށް ތައްޔާރު ކުރެވޭ، ނޭޝަނަލް އިންޓަގްރިޓީ ޕްލޭން އެކުލަވާލުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާއެކު ކުރިއަށް ގެންދާ ސިލްސިލާ ބައްދަލުވުން ތަކުގެ ތެރެއިން 3 ވަނަ ބައްދަލުވުން 05 އޯގަސްޓް 2015 ގައި އޭސީސީގައި ބާއްވައިފިއެވެ.
ނޭޝަނަލް އިންޓަރގްރިޓީ ޕްލޭނަކީ ދައުލަތުގެ މުއައްސަސާތަކުގެ ނަޒާހަތްތެރިކަން އިތުރުކުރުމަށް އޭސީސީން އިސްނަގައިގެން ދައުލަތުގެ އިދާރާތަކާއި އަދި ބައެއް އަމިއްލަ ފަރާތްތަކާ ގުޅިގެން ކުރިއަށް ގެންދާ މަސައްކަތެކެވެ.
މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ސިވިލް ސަރވިސް ކޮމިޝަން، ޖުޑީޝަލް ސަރވިސް ކޮމިޝަން، އިލެކްޝަން ކޮމިޝަން، މޯލްޑިވްސް އިންލަންޑް ރެވެނިޔު އޮތޯރިޓީ، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް، ޑިޕާޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން، މޯލްޑިވްސް އިސްލާމިކް ޔުނިވަރސިޓީ، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީން ބައިވެރިވެ ވަޑައިގެންނެވިއެވެ.