ނޭޝަނަލް އިންޓެގްރިޓީ ޕްލޭން އެކުލަވާލުމުގައި ބައިވެރިވާ އިދާރާތަކުގެ އިސް މުވައްޒަފުންނަށް ޕްރެޒެންޓޭޝަން ސެޝަންތަކެއް ބާއްވައިފި

1233-570x340

އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިސްނަގައިގެން، ކުރިޔަށް އޮތް 05 އަހަރަށް ތައްޔާރު ކުރާ، ނޭޝަނަލް އިންޓެގްރިޓީ ޕްލޭން އެކުލަވާލުމުގެ މަސައްކަތުގައި ކޮމިޝަނާއެކު ބައިވެރިވާ އިދާރާތަކުގެ އިސްވެރިންނަށް އަމާޒުކޮށްގެން އެ އިދާރާތަކުގައި ޕްރެޒެންޓޭޝަން ސެޝަންތަކެއް ބާއްވައިފިއެވެ. މި ޕްރެޒެންޓޭޝަންތައް ބޭއްވިފައިވަނީ 30-12 އޯގަސްޓް 2015 އަށެވެ. މިހާތަނަށް މި ޕްރެޒެންޓޭޝަން ސެޝަންތައް ދައުލަތުގެ 15 އިދާރާއެއްގައި ވަނީ ބާއްވާފައެވެ.
އެ އިދާރާތަކަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާ، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން، އެޓަރނީ ޖެނެރަލްގެ އޮފީސް، މިނިސްޓްރީ އޮފް ހޯމް އެފެއަރޒް، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ، މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯރޓްސް، މިނިސްޓްރީ އޮފް ހެލްތް، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، ޕޮލިސް އިންޓެގްރިޓީ ކޮމިޝަން، ލޯކަލް ގަވަރންމަންޓް އޮތޯރިޓީ، ވަޒީފާއާ ބެހޭ ޓްރައިބިއުނަލް، ޓެކްސް އެޕީލް ޓްރައިބިއުނަލް، ކެޕިޓަލް މާރކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ، ޑިޕާރޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންއެވެ. މި ސެޝަންތަކުގައި ނޭޝަނަލް އިންޓެގްރިޓީ ޕްލޭންގެ މައިގަނޑު އަސާސްތަކާއި މަޤުޞަދުތަކާއި، ޕްލޭންގައި ހިމެނެންޖެހޭ ސިޔާސަތުތަކާއި، ސްޓްރެޓެޖީތައް އަދި ބައެއް ނަމޫނާ ޙަރަކާތްތަކަށް ތަފްޞީލުކޮށް ބަލާލާފައިވެއެވެ. ކުރިއަށް އޮތް ތަނުގައި، މިފަދަ އިތުރު ސެޝަންތަކެއް ޕްލޭން އެކުލަވާލުމުގައި ބައިވެރިވެލައްވާ އިދާރާތަކުގެ އިސް މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިއުމަށް ވަނީ ރާވާފައެވެ.