ނޭޝަނަލް އިންޓެގްރިޓީ ޕްލޭނާބެހޭ މަޢުލޫމާތު ދައުލަތުގެ ކުންފުނިތަކާ ޙިއްޞާކޮށްފި

ކުރިޔަށް އޮތް 05 އަހަރަށް ތައްޔާރު ކުރެވޭ، ނޭޝަނަލް އިންޓެގްރިޓީ ޕްލޭން އެކުލަވާލުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާއެކު ކުރިއަށް ގެންދާ ސިލްސިލާ ބައްދަލުވުން ތަކުގެ ތެރެއިން 26 ވަނަ ބައްދަލުވުން ދައުލަތުގެ ޙިއްޞާ އޮންނަ ކުންފުނިތަކާއެކީ ބާއްވައިފިއެވެ. މިބައްދަލުވުން ބޭއްވިފައިވަނީ 27 އޮކްޓޯބަރު 2015 ގެ މެންދުރު 14:00 ގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުގައެވެ.
ނޭޝަނަލް އިންޓެގްރިޓީ ޕްލޭނަކީ ދައުލަތުގެ މުއައްސަސާތަކުގެ ނަޒާހަތްތެރިކަން އިތުރުކުރުމަށް އޭސީސީން އިސްނަގައިގެން ދައުލަތުގެ އިދާރާތަކާއި އަދި ބައެއް އަމިއްލަ ފަރާތްތަކާ ގުޅިގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. މިއަދުގެ ބައްދަލުވުމުގައި ނޭޝަނަލް އިންޓަގްރިޓީ ޕްލޭންގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ދައުލަތުގެ ޙިއްސާ އޮންނަ ކުންފުނިތަކަށް އަދާކުރެވިދާނެ ދައުރާބެހޭގޮތުން މަޝްވަރާ ކުރެވުނެވެ.
މި ބައްދަލުވުމުގައި ބައިވެރިވި ކުންފުނިތަކުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް، ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް، އައިލެންޑް އޭވިއޭޝަން ސަރވިސަސް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން، މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ، ފެނަކަ ކޯރޕަރޭޝަން އަދި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން ހިމެނެއެވެ. އޭސީސީގެ މެމްބަރުން ބައިވެރިވި މިއަދުގެ ބައްދަލުވުމުގައި ދައުލަތުގެ ކުންފުނިތަކުގެ ބަލަދުވެރި ފަރާތްކަމަށްވާ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ފަރާތުންވެސް ވަނީ ބައިވެރި ވެފައެވެ.


ނޭޝަނަލް އިންޓެގްރިޓީ ޕްލޭނާބެހޭ މަޢުލޫމާތު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއާ ޙިއްސާކޮށްފި

އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިސްނަގައިގެން، ތައްޔާރު ކުރާ ނޭޝަނަލް އިންޓެގްރިޓީ ޕްލޭން އެކުލަވާލުމުގެ މަސައްކަތުގައި ކޮމިޝަނާއެކު ބައިވެރިވެފައިވާ އިދާރާތަކުގެ އިސްވެރިންނަށް އަމާޒުކޮށްގެން ބާއްވަމުން ގެންދާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގައި ބާއްވައިފިއެވެ.
މިގޮތުން މީރާގައި މިބައްދަލުވުން ބޭއްވުނީ، 26 އޮކްޓޯބަރ 2015 ވީ ހޯމަ ދުވަހުގެ މެންދުރު 14:00 ގައެވެ. މީރާގެ އިސް މުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލުވުމުގައި، ނޭޝަނަލް އިންޓެގްރިޓީ ޕްލޭންގެ މައިގަނޑު އަސާސްތަކާއި މަޤުޞަދުތަކާއި، ޕްލޭންގައި ހިމެނޭ ސިޔާސަތުތަކާއި، ސްޓްރެޓެޖީތައް އަދި ބައެއް ނަމޫނާ ޙަރަކާތްތަކަށް ބަލާލެވި، ސުވާލާ ޖަވާބަށް ޚާއްޞަ ވަގުތުކޮޅެއް ހިމަނާލެވުނެވެ. އަދި، ނެޝަނަލް އިންޓެގްރިޓީ ޕްލޭންގައި ހިމެނިދާނެ އިތުރު ކަންކަމާއި ޕްލޭން އިތުރަށް ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަމާ މެދު މަޝްވަރާކުރެވުނެވެ.
މިހާތަނަށް ދައުލަތުގެ 24 އިދާރާއެއްގައި މި ސެޝަން ބޭއްވިފައިވާއިރު، ކުރިއަށް އޮތް ތަނުގައި، މިފަދަ އިތުރު ސެޝަންތައް ޕްލޭން އެކުލަވާލުމުގައި ބައިވެރިވެލައްވާ އިދާރާތަކުގެ އިސް މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.


ނޭޝަނަލް އިންޓެގްރިޓީ ޕްލޭނާބެހޭ މަޢުލޫމާތު ފިނޭންސް މިނިސްޓްރީއާ ޙިއްސާކޮށްފި

އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިސްނަގައިގެން، ތައްޔާރު ކުރާ ނޭޝަނަލް އިންޓެގްރިޓީ ޕްލޭން އެކުލަވާލުމުގެ މަސައްކަތުގައި ކޮމިޝަނާއެކު ބައިވެރިވެފައިވާ އިދާރާތަކުގެ އިސްވެރިންނަށް އަމާޒުކޮށްގެން ބާއްވަމުން ގެންދާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ފިނޭންސް މިނިސްޓްރީގައި ބާއްވައިފިއެވެ.
މިގޮތުން ފިނޭންސް މިނިސްޓްރީގައި މިބައްދަލުވުން ބޭއްވުނީ، 22 އޮކްޓޯބަރ 2015 ވީ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 ގައެވެ. ފިނޭންސް މިނިސްޓްރީގެ އިސް މުވައްޒަފުންގެ އިތުރުން އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރުންވެސް ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލުވުމުގައި، ނޭޝަނަލް އިންޓެގްރިޓީ ޕްލޭންގެ މައިގަނޑު އަސާސްތަކާއި މަޤުޞަދުތަކާއި، ޕްލޭންގައި ހިމެނޭ ސިޔާސަތުތަކާއި، ސްޓްރެޓެޖީތައް އަދި ބައެއް ނަމޫނާ ޙަރަކާތްތަކަށް ބަލާލެވި، ސުވާލާ ޖަވާބަށް ޚާއްޞަ ވަގުތުކޮޅެއް ހިމަނާލެވުނެވެ. އަދި، ނެޝަނަލް އިންޓެގްރިޓީ ޕްލޭންގައި ހިމެނިދާނެ އިތުރު ކަންކަމާއި ޕްލޭން އިތުރަށް ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަމާ މެދު މަޝްވަރާކުރެވުނެވެ.
މިހާތަނަށް ދައުލަތުގެ 22 އިދާރާއެއްގައި މި ސެޝަން ބޭއްވިފައިވާއިރު، ކުރިއަށް އޮތް ތަނުގައި، މިފަދަ އިތުރު ސެޝަންތައް ޕްލޭން އެކުލަވާލުމުގައި ބައިވެރިވެލައްވާ އިދާރާތަކުގެ އިސް މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.


ނޭޝަނަލް އިންޓެގްރިޓީ ޕްލޭނާބެހޭ މަޢުލޫމާތު ޑިޕާރޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނާ ޙިއްސާކޮށްފި

އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިސްނަގައިގެން، ތައްޔާރު ކުރާ ނޭޝަނަލް އިންޓެގްރިޓީ ޕްލޭން އެކުލަވާލުމުގެ މަސައްކަތުގައި ކޮމިޝަނާއެކު ބައިވެރިވެފައިވާ އިދާރާތަކުގެ އިސްވެރިންނަށް އަމާޒުކޮށްގެން ބާއްވަމުން ގެންދާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ޑިޕާރޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގައި ހިންގައިފިއެވެ.
މިގޮތުން ޑިޕާރޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގައި މިބައްދަލުވުން ބޭއްވުނީ، 22 އޮކްޓޯބަރ 2015 ވީ ބުރާސްފަތި ދުވަހުގެ ހެނދުނު 11:30 ގައެވެ. ޑިޕާރޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ އިސް މުވައްޒަފުން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި، ނޭޝަނަލް އިންޓެގްރިޓީ ޕްލޭންގެ މައިގަނޑު އަސާސްތަކާއި މަޤުޞަދުތަކާއި، ޕްލޭންގައި ހިމެނޭ ސިޔާސަތުތަކާއި، ސްޓްރެޓެޖީތައް އަދި ބައެއް ނަމޫނާ ޙަރަކާތްތަކަށް ބަލާލެވި، ސުވާލާ ޖަވާބަށް ޚާއްޞަ ވަގުތުކޮޅެއް ހިމަނާލެވުނެވެ. އަދި، ނެޝަނަލް އިންޓެގްރިޓީ ޕްލޭންގައި ހިމެނިދާނެ އިތުރު ކަންކަމާއި ޕްލޭން އިތުރަށް ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަމާ މެދު މަޝްވަރާކުރެވުނެވެ.
މިހާތަނަށް ދައުލަތުގެ 23 އިދާރާއެއްގައި މި ސެޝަން ބޭއްވިފައިވާއިރު، ކުރިއަށް އޮތް ތަނުގައި، މިފަދަ އިތުރު ސެޝަންތައް ޕްލޭން އެކުލަވާލުމުގައި ބައިވެރިވެލައްވާ އިދާރާތަކުގެ އިސް މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.


ނޭޝަނަލް އިންޓެގްރިޓީ ޕްލޭނާބެހޭ މަޢުލޫމާތު އިލެކްޝަން ކޮމިޝަނާ ޙިއްސާކޮށްފި

އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިސްނަގައިގެން، ތައްޔާރު ކުރާ ނޭޝަނަލް އިންޓެގްރިޓީ ޕްލޭން އެކުލަވާލުމުގެ މަސައްކަތުގައި ކޮމިޝަނާއެކު ބައިވެރިވެފައިވާ އިދާރާތަކުގެ އިސްވެރިންނަށް އަމާޒުކޮށްގެން ބާއްވަމުން ގެންދާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އިލެކްޝަން ކޮމިޝަނުގައި ހިންގައިފިއެވެ.
މިގޮތުން އިލެކްޝަން ކޮމިޝަނުގައި މިބައްދަލުވުން ބޭއްވުނީ، 18 އޮކްޓޯބަރ 2015 ވީ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ގައެވެ. އިލެކްޝަން ކޮމިޝަނުގެ މެމްބަރުންގެ އިތުރުން އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި، ނޭޝަނަލް އިންޓެގްރިޓީ ޕްލޭންގެ މައިގަނޑު އަސާސްތަކާއި މަޤުޞަދުތަކާއި، ޕްލޭންގައި ހިމެނޭ ސިޔާސަތުތަކާއި، ސްޓްރެޓެޖީތައް އަދި ބައެއް ނަމޫނާ ޙަރަކާތްތަކަށް ބަލާލެވި، ސުވާލާ ޖަވާބަށް ޚާއްޞަ ވަގުތުކޮޅެއް ހިމަނާލެވުނެވެ. އަދި، ނެޝަނަލް އިންޓެގްރިޓީ ޕްލޭންގައި ހިމެނިދާނެ އިތުރު ކަންކަމާއި ޕްލޭން އިތުރަށް ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަމާ މެދު މަޝްވަރާކުރެވުނެވެ.
މިހާތަނަށް ދައުލަތުގެ 21 އިދާރާއެއްގައި މި ސެޝަން ބޭއްވިފައިވާއިރު، ކުރިއަށް އޮތް ތަނުގައި، މިފަދަ އިތުރު ސެޝަންތައް ޕްލޭން އެކުލަވާލުމުގައި ބައިވެރިވެލައްވާ އިދާރާތަކުގެ އިސް މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.


ނޭޝަނަލް އިންޓެގްރިޓީ ޕްލޭން އެކުލަވާލުމުގައި ބައިވެރިވާ އިދާރާތަކުގެ ތެރެއިން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އިސް މުވައްޒަފުންނަށް ޕްރެޒެންޓޭޝަން ސެޝަނެއް ބާއްވައިފި

އެންޓި-ކޮރަޕްޝަން ކޮމިޝަނާ ދައުލަތުގެ މުއައްސަސާތަކާ ގުޅިގެން، ތައްޔާރު ކުރާ، ނޭޝަނަލް އިންޓެގްރިޓީ ޕްލޭން އެކުލަވާލުމުގެ މަސައްކަތުގައި ކޮމިޝަނާއެކު ބައިވެރިވާ އިދާރާތަކުގެ އިސްވެރިންނަށް އަމާޒުކޮށްގެން ބާއްވަމުން ގެންދާ ޕްރެޒެންޓޭޝަން ސެޝަންތަކުގެ ތެރެއިން ސެޝަނެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ބާއްވައިފިއެވެ.
މި ޕްރެޒެންޓޭޝަންތައް ބޭއްވިފައިވަނީ 8 އޮކްޓޯބަރ 2015 ވީ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 ގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އިސް މުވައްޒަފުން ބައިވެރިވި މި ސެޝަންގައި ނޭޝަނަލް އިންޓެގްރިޓީ ޕްލޭންގެ މައިގަނޑު އަސާސްތަކާއި މަޤުޞަދުތަކާއި، ޕްލޭންގައި ހިމެނޭ ސިޔާސަތުތަކާއި، ސްޓްރެޓެޖީތައް އަދި ބައެއް ނަމޫނާ ޙަރަކާތްތަކަށް ބަލާލެވި، ސުވާލާ ޖަވާބަށް ޚާއްޞަ ވަގުތުކޮޅެއް ހިމަނާލެވުނެވެ.
މިހާތަނަށް ދައުލަތުގެ 16 އިދާރާއެއްގައި މި ސެޝަން ބޭއްވިފައިވާއިރު، ކުރިއަށް އޮތް ތަނުގައި، މިފަދަ އިތުރު ސެޝަންތައް ޕްލޭން އެކުލަވާލުމުގައި ބައިވެރިވެލައްވާ އިދާރާތަކުގެ އިސް މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިއުމަށް ވަނީ ރާވާފައެވެ.