ނޭޝަނަލް އިންޓެގްރިޓީ ޕްލޭނާބެހޭ ގޮތުން އޮޑިޓަރ ޖެނެރަލްގެ އޮފީހާ މަޝްވަރާކޮށްފި

12583826_518070801733181_1125184081_n

އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިސްނަގައިގެން، މިހާރު ތައްޔާރުކުރަމުންދާ ނޭޝަނަލް އިންޓެގްރިޓީ ޕްލޭނާ ބެހޭގޮތުން އޮޑިޓަރ ޖެނެރަލްގެ އޮފީހާއެކު މަޝްވަރާކުރުމަށްޓަކައި ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުން ބޭއްވުނީ 24 ޖަނަވަރީ 2016 ވީ އާދީއްތަ ދުވަހު އޮޑިޓަރ ޖެނެރަލްގެ އޮފީހުގައެވެ.
އޮޑިޓަރ ޖެނެރަލްއާއި އެ އޮފީހުގެ އިސްވެރީންގެ އިތުރުން އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި، ނޭޝަނަލް އިންޓެގްރިޓީ ޕްލޭންގެ މައިގަނޑު އަސާސްތަކާއި މަޤުޞަދުތަކާއި، ޕްލޭންގައި ހިމެނޭ ސިޔާސަތުތަކާއި، ސްޓްރެޓެޖީތައް އަދި ބައެއް ނަމޫނާ ޙަރަކާތްތަކާ ބެހޭގޮތުން މަޝްވަރާކުރެވިފައި ވެއެވެ.
މިހާތަނަށް ދައުލަތުގެ 35 އިދާރާގެ އިސްވެރިންނާ މިޕްލޭނާބެހޭ މަޢުލޫމާތު ޙިއްސާކުރެވިފައިވާއިރު، ކުރިޔަށް އޮތް ތަނުގައި މިޕްލޭންގެ ހަތަރުވަނަ ދެލިކޮޕީ ފައިނަލްކޮށް ތަންފީޒުކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުންދަނީ ތައްޔާރުވަމުންނެވެ.