ނޭޝަނަލް އިންޓެގްރިޓީ ޕްލޭނާބެހޭ ގޮތުން ދައުލަތަށް ގިނަދުވަހު ޚިދުމަތްކޮށްދެއްވާފައިވާ ފަރާތްތަކާ މަޝްވަރާކޮށްފި

DSC_0079

އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިސްނަގައިގެން، މިހާރު ތައްޔާރުކުރަމުންދާ ނޭޝަނަލް އިންޓެގްރިޓީ ޕްލޭނާ ބެހޭގޮތުން ދައުލަތަށް ގިނަދުވަހު ޚިދުމަތްކޮށްދެއްވާފައިވާ އިސްބޭފުޅުންނާއެކު މަޝްވަރާކުރުމަށްޓަކައި ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުން ބޭއްވުނީ 17 ފެބުރުވަރީ 2016 ވީ ބުދަ ދުވަހު ހެނދުނު 10:30 ގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުގައެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި، ނޭޝަނަލް އިންޓެގްރިޓީ ޕްލޭންގެ މައިގަނޑު އަސާސްތަކާއި މަޤުޞަދުތަކާއި، ޕްލޭންގައި ހިމެނޭ ސިޔާސަތުތަކާއި، ސްޓްރެޓެޖީތައް އަދި ބައެއް ނަމޫނާ ޙަރަކާތްތަކާ ބެހޭގޮތުން މަޝްވަރާކުރެވިފައި ވެއެވެ.
މި ޕްލޭންގެ ހަތަރުވަނަ ދެލިކޮޕީ ފައިނަލްކޮށް، ދައުލަތުގެ އިދާރާތަކުން އެންޑޯޒުކޮށް، ރަސްމީކޮށް ލޯންޗުކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ މަސައްކަތްތައް އެންޓި-ކޮރަޕްޝަން ކޮމިޝަނުން މިހާރުދަނީ ކުރަމުންނެވެ.