ނޭޝަނަލް އިންޓެގްރިޓީ ޕްލޭން އެންޑޯޒްކުރުމުގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

DSC_0927

އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިސްނަގައިގެން، ތައްޔާރުކުރަމުންދާ ނޭޝަނަލް އިންޓެގްރިޓީ ޕްލޭންގެ 4 ވަނަ ދެލިކޮޕީ އެންޑޯޒުކުރުމަށްޓަކައި ދައުލަތުގެ އިދާރާތަކާއެކު ފުރަތަމަ ބައްދަލުވުން ބާއްވައިފިއެވެ. މި ބައްދަލުވުން ބޭއްވުނީ 9 ފެބްރުވަރީ 2005 ވީ އަންގާރަ ދުވަހު ހެނދުނު 10:30 ގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގައެވެ.
މި ބައްދަލުވުމުގައި މިޕްލޭންގެ ފުރަތަމަ ދެލިކޮޕީއިން ފެށިގެން 4 ވަނަ ދެލިކޮޕީއާ ހަމައަށް ޕްލޭން އުފެއްދުމަށް ކުރެވިފައިވާ މަސައްކަތްތަކާއި 2016 ވަނަ އަހަރު މިޕްލޭންގެ ދަށުން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ މައިގަނޑު މަސައްކަތްތަކާ ގުޅޭގޮތުން ޕްރެޒެންޓޭޝަނެއް އޭސީސީގެ ފަރާތުން ވަނީ ހުށަހަޅާފައެވެ.
މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، އެޓަރނީ ޖެނެރަލްގެ އޮފީސް، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯރޓްސް، މިނިސްޓްރީ އޮފް ހެލްތް، މިނިސްޓްރީ އޮފް ޓޫރިޒަމް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، ސިވިލް ސަރވިސް ކޮމިޝަން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން، ޖުޑީޝަލް ސަރވިސް ކޮމިޝަން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް، ލޯކަލް ގަވަރންމެންޓް އޮތޯރިޓީ، މޯލްޑިވްސް އިމިގްރޭޝަން، މޯލްޑިވްސް ޕޮލިސް ސަރވިސް، އޮޑިޓަރ ޖެނެރަލްގެ އޮފީސް، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޓިވް އޮފީސް، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް ބައިވެރިވެފައިވެއެވެ.