ނަޒާހަތްތެރިކަމުގެ ޤައުމީ މަޝްރޫޢު

ދިވެހިރާއްޖެ

  • ފުރަތަމަ ސަފްހާ
  • ތަޢާރަފް
    • އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އިސްނެގުން
    • މިހާރުގެ ޙާލަތު
    • ދައުލަތުގެ މުއައްސަސާތަކުގެ ނަޒާހަތްތެރިކަން އިތުރުކުރުން
  • ޕްލޭން
    • އަސާސްތައް
    • މަޤުޞަދުތައް
    • ސިޔާސަތުތަކާއި، ސްޓްރޭޓްޖީތަކާއި ޙަރަކާތްތައް
  • ތަންފީޛްކުރުން
    • ތަންފީޛުކުރުމުގެ އާންމު އުޞޫލު
    • މުރާޖަޢާކުރުން
    • ޙަރަކާތްތައް ހިންގޭނެ ލެވެލް އާއި ޙަރަކާތްތައް އަމާޒުކުރާ މުއްދަތު
    • މަރުޙަލާތައް
    • ތަންފީޒުކުރެވޭ ވަރު ދެނެގަތުން
  • ބައިވެރިން
  • ޚަބަރު
  • ޕްރޮމޯޝަން
  • ފޮޓޯ ގެލެރީ
  • ޑައުންލޯޑު
  • ތަޢާރަފް
  • އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އިސްނެގުން
  • މިހާރުގެ ޙާލަތު
  • ދައުލަތުގެ މުއައްސަސާތަކުގެ ނަޒާހަތްތެރިކަން އިތުރުކުރުން

ތަޢާރަފް

ދިވެހިރާއްޖޭގައި އަލަށް އެކުލަވާލި ޤާނޫނުއަސާސީ، 2008 ވަނަ އަހަރު ތަޞްދީޤު ކުރެވުނީ ބައިނަލްއަޤްވާމީ ގޮތުން ޤަބޫލުކުރެވޭ އެންމެ ރަނގަޅު މިންގަނޑުތަކަށް ޤައުމުގެ ހުރިހައި ކަމެއް ހިންގުން ބައްޓަންކުރުމަށް ބޭނުންވާ ދުސްތޫރީ ބަދަލުތައް ތަޢާރަފުކުރެވިގެންނެވެ.  މިގޮތުން ދައުލަތުގެ ތިންބާރު ވަކިކުރެވި، އެއް ބާރުން އަނެއް ބާރަށް ފާރަވެރިވެވޭނެ ހެން ހަދައި، ދައުލަތުގެ އެހެނިހެން މުހިންމު ދުސްތޫރީ ގުނަންތައް އުފައްދައި ޖަވާބުދާރީވުމާއި ޖަވާބުދާރީކުރުވުން ވަނީ އިސްކުރެވިފައެވެ[1]. ހަމައެއާއެކު، ރައްޔިތުންގެ މެދުގައި ހަމަހަމަކޮށް މުޢާމަލާތުކުރުމާއި[2] ދެފުށްފެންނަ ގޮތަށް ޚިދުމަތްތައް ބައްޓަންކުރުމާއި އެކި ކަންކަމުގައި ޢަމަލުކުރާ އުޞޫލުތައް ލިޔެކިއުމުން އުފައްދައި، ތަރުތީބުވެ ފެންނަން ހުރުމާއި، އެމީހަކާދޭތެރޭ އިދާރީގޮތުން އަޅާ ފިޔަވަޅުތައް ލިޔުމުން ލިބުމުގެ ޙައްޤާއި އެފަދަ މައްސަލަތަކުގައި ލިބުނު ގެއްލުމުގެ ބަދަލުހޯދުމަށް ކޯޓަށް ހުށަހެޅުމުގެ ޙައްޤު ޤާނޫނުއަސާސީން ވަނީ ކަށަވަރުކޮށްދީފައެވެ[3]. ފާހަގަކުރެވުނު ކަންތައްތައް ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ކަނޑައަޅާފައިވާ ރޫހާއެއްގޮތަށް ކުރެވޭނީ އަދި އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް އެކަންތައްތައް ކުރިއަށް ގެންދެވޭނީ ދައުލަތުގެ މުއައްސަސާތަކުގެ މަސައްކަތްތަކުގައި ތެދުވެރިކަމާއި އިޚްލާސްތެރިކަން އިސްކޮށް ނަޒާހަތްތެރި ބައެއްކަމުގައި ދައުލަތުގެ އެންމެހާ މުވައްޒަފުންވެގެންނެވެ. ޤާނޫނު ތަކަށް ބަލާއިރު، މުހިންމު މުއައްސަސާތަކުގެ، އެތަންތަނުގެ މުވައްޒަފުން ޤާނޫނުތަކަށް ޙުރުމަތްތެރިކޮށްހިތުން އިތުރުކުރުމަށާއި ރައްޔިތުންގެ އިތުބާރު އެއިދާރާތަކަށް އިތުރުކުރުމަށް މަސައްކަތް ކުރުން ލާޒިމްކޮށްފައިވެއެވެ[4]. އަދި މީގެ އިތުރުންވެސް މުއައްސަސާތަކުން ދެފުށްފެންނަ ގޮތަށް ހަމަހަމަކަމާއި އިޙްލާޞްތެރިކަމާއި ތެދުވެރިކަމާ ޒިންމާދާރު ކަމާއެކު، ކޮރަޕްޝަނަށް މަގުފަހި ނުވާނެގޮތެއްގެމަތިން ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ކަށަވަރުކޮށްދީފައިވާ ޙައްޤުތައް ހަމަހަމަ ކަމާއެކު ރައްޔިތުންނަށް ފޯރުވައިދިނުމަށް ވަރަށްބޮޑަށް ބާރުއަޅާފައިވެއެވެ[5].

ޤާނޫނުއަސާސީން އުފެދުނު މިނިވަން މުއައްސަސާތަކުގެ އިތުރުން، އެކިއެކި ޤާނޫނުތަކުންވެސް ގިނަ ކޮމިޝަންތަކާއި އިދާރާތައް އުފައްދައި ދައުލަތުގެ ހިންގުން ހަރުދަނާކޮށް ދައުލަތުގެ މައްޗަށް ރައްޔިތުންގެ އިތުބާރު އިތުރުކޮށް ހިންގުން ހަރުދަނާކުރުމަށް ޤާނޫނީ ނިޒާމުގެ ތެރެއިން ކުރެވުނު ގިނަގުނަ މަސައްކަތްތަކުގެ ސަބަބުންނާއި، ދައުލަތް ހިންގުމަށް ގެނެވުނު ބޮޑު ބަދަލުގެ ސަބަބުން ވޭތުވެދިޔަ ކުރު މާޒީގައި، ދައުލަތުގެ ޚަރަދުތައް އެތައް ގުނައަކަށް ވަނީ އިތުރުވެގެންގޮސްފައެވެ.

 

[1]  ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ 2008
[2]  ޤާނޫނުއަސާސީގެ 20 ވަނަ މާއްދާ
[3]  ޤާނޫނުއަސާސީ ގެ 43 ވަނަ މާއްދާ
[4]  ޤާނޫނު ނަންބަރު: 2007/05 (ދިވެހި ސިވިލް ސަރވިސް ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ނ) އާއި، 5 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު:2011/08 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނު)ގެ 25 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 2008/05 (ފުލުހުންގެ ޤާނޫނު)ގެ 19 ވަނަ މާއްދާ
[5]  ޤާނޫނު ނަންބަރު 2008/13 (އެންޓި- ކޮރަޕްޝަންގެ ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ނ) އާއި (ރ) އާއި، ޤާނޫނު ނަންބަރު 2008/09 (ޕްރޮސެކިއުޓަރ ޖެނެރަލްގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ފ) އާއި، ޤާނޫނު ނަންބަރު 2014/01 (މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ)

 


  • ނަޒާހަތްތެރިކަމުގެ ޤައުމީ މަޝްރޫޢު
  • އެންޓި-ކޮރަޕްޝަން ކަމިޝަން
  • ފޯން: 3015200