ނަޒާހަތްތެރިކަމުގެ ޤައުމީ މަޝްރޫޢު

ދިވެހިރާއްޖެ

  • ފުރަތަމަ ސަފްހާ
  • ތަޢާރަފް
    • އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އިސްނެގުން
    • މިހާރުގެ ޙާލަތު
    • ދައުލަތުގެ މުއައްސަސާތަކުގެ ނަޒާހަތްތެރިކަން އިތުރުކުރުން
  • ޕްލޭން
    • އަސާސްތައް
    • މަޤުޞަދުތައް
    • ސިޔާސަތުތަކާއި، ސްޓްރޭޓްޖީތަކާއި ޙަރަކާތްތައް
  • ތަންފީޛްކުރުން
    • ތަންފީޛުކުރުމުގެ އާންމު އުޞޫލު
    • މުރާޖަޢާކުރުން
    • ޙަރަކާތްތައް ހިންގޭނެ ލެވެލް އާއި ޙަރަކާތްތައް އަމާޒުކުރާ މުއްދަތު
    • މަރުޙަލާތައް
    • ތަންފީޒުކުރެވޭ ވަރު ދެނެގަތުން
  • ބައިވެރިން
  • ޚަބަރު
  • ޕްރޮމޯޝަން
  • ފޮޓޯ ގެލެރީ
  • ޑައުންލޯޑު
  • ތަޢާރަފް
  • އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އިސްނެގުން
  • މިހާރުގެ ޙާލަތު
  • ދައުލަތުގެ މުއައްސަސާތަކުގެ ނަޒާހަތްތެރިކަން އިތުރުކުރުން

މިހާރުގެ ޙާލަތު

ކޮރަޕްޝަނަކީ ސީދާ ވަޒަންކުރުމަށް (ޑައިރެކްޓް މެޝަރމެންޓް) ދަތި، އެއްޗެކެވެ. އަދި ކޮރަޕްޝަންގެ ޠަބީޢަތުގެ ސަބަބުން، އެވެފައިވަނީ ސީދާ އެންމެ ތެދުކޮށް ފުރިހަމައަށް މިންކޮށް ދެނެގަތުން އުނދަގޫ އެއްޗަކަށެވެ. މިކަންކަމުގެ ސަބަބުން، ތަނެއްގައި ކޮރަޕްޝަން އޮތް ސީދާ މިންވަރު ދެނެގަތުމަކީ ވަރަށް ދަތި ކަމަކަށް ވެއެވެ. ނަމަވެސް، ކޮރަޕްޝަންގެ ވަޒަންކުރުމަށްޓަކައި ދުނިޔޭގައި ތަފާތު މިންގަނޑުތަކާއި ގޮތްތައް އުފައްދައި ބޭނުކުރަމުންދެއެވެ. މިގޮތުން އާންމުން ޖުމްލަކޮށް ޤައުމެއްގައި ކޮރަޕްޝަން އޮތް މިންވަރުކަމަށް ޤަބޫލުކުރާ އަދި ދެކޭގޮތް ދެނެގަތުމާއި، ވަކި ދާއިރާތަކުގައި ކޮރަޕްޝަން އޮތް ކަމަށް އާންމުންނާއި އެދާއިރާގައި މަސައްކަތްކުރާމީހުން ދެކޭގޮތް ދެނެގަތުމާއި، ޚިދުމަތް ހޯދާ ފަރާތްތަކުން ޤަބޫލުކުރާގޮތުން ޚިދުމަތް ދިނުމުގައި ކޮރަޕްޝަންގެ ޢަމަލު ހިންގަންޖެހޭ މިންވަރު ދެނެގަތުން ހިމެނެއެވެ. އަދި ކަނޑައެޅޭ ވަކި ދާއިރާއެއް ނުވަތަ އިދާރާއެއްގެ އެތެރޭގެ ހިންގުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހުންނަ ކަންކަން ދެނެގަތުމަށް ކޮރަޕްޝަން ރިސްކް އެސެސްކުރުންވެސް ހިމެނެއެވެ. މިގޮތްތައް ވެފައިވަނީ، ގިނަފަރާތްތަކަކުން ބަލައިގަނެފައިވާ ގޮތްތަކަކަށެވެ.

ދިވެރާއްޖޭގެ ކޮރަޕްޝަންގެ ޙާލަތު ދެނެގަތުމުގެ ގޮތުން މުޅިރާއްޖެ ތަމްސީލުކުރެވޭފަދަ ގޮތަކަށް ހެދިފައިވާ ދިރާސާތަކުގެ ޢަދަދު ވަރަށް މަދެވެ. ނަމަވެސް، ރާއްޖޭގައި ކޮރަޕްޝަންގެ ޙާލަތު ދެނެގަތުމުގައި، ޢަމަލުކުރެވޭ ގޮތްތަކަށް ބަލާއިރު، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކޮރަޕްޝަންގެ މައްސަލަތަކާއި ގުޅޭގޮތުން ޢާންމުކުރާ ތަފާސްހިސާބާއި އަދި އޮޑިޓަރޖެނެރަލްގެ ރިޕޯރޓްތަކުން ހޯދޭ މަޢުލޫމާތާއި، އެކި އިދާރާތަކުން ތައްޔާރުކޮށްފައިވާ ދިރާސާތައް ހިމެނެއެވެ.

މިގޮތުން ދިވެހިރާއްޖޭގެ ކޮރަޕްޝަންގެ ޙާލަތާމެދު ހެދިފައިވާ ދިރާސާތަކުގެ ތެރެއިން ބައެއް ދިރާސާތައް ވާނީ، ނޭޝަނަލް އިންޓެގްރިޓީ ޕްލޭން އެކުލަވާލުމުގެ މަސައްކަތުގައި “އެވިޑެންސް” ގެ ގޮތުގައި ބޭނުންކުރެވިފައެވެ. މިދިރާސާތަކުގެ ބައެއް ތަފްޞީލް ތިރީގައި އެވަނީއެވެ.

ކޮރަޕްޝަން ޕާރސެޕްޝަން އިންޑެކްސް (ސީޕީއައި)

ދުނިޔޭގެ ޤައުމުތަކުގެ ކޮރަޕްޝަންގެ ހާލަތު ދެނެގަތުމުގައި ބައިނަލްއަގުވާމީގޮތުން ޤަބޫލުކުރެވިފައިވާ އެއް މިންގަނަޑަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލްގެ ކޮރަޕްޝަން ޕާރސެޕްޝަން އިންޑެކްސްއެވެ. “ކޮރަޕްޝަން އޮތް މިންވަރު ކަމަށް ޤަބޫލުކުރެވޭ” މިންވަރު ދެނެގަންނަ ސީޕީއައި ބިނާވެގެންދަނީ، ބައިނަލްއަޤްވާމީ އެކި އިދާރާތަކުން، ޤައުމަކާމެދު ތައްޔާރުކުރާ ވަކިވަކި ރިޕޯޓުތަކުގެ މައްޗަށެވެ. ކަނޑައަޅާފައިވާ ވަކި ޢަދަދަކަށް މިރިޕޯޓު ހަމަނުވާނަމަ، ސީޕީއައިއަށް ކޮލިފައި ނުވެއެވެ.  މިގޮތުން ރާއްޖެ މި އިންޑެކްސްގައި ހިމެނިފައިވާ ފަހަރުތަކުގައި ހިމަނައި ރޭންކުކޮށް މާކުސްދިނުމަށް، މަޢުލޫމާތު ނަގާފައިވަނީ (ޤަބޫލުކުރެވޭ ގޮތުގައި) އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން ތައްޔާރުކުރާ ކަންޓްރީ ޕަރފޯމަންސް އެސެސްމަންޓް ރޭޓިންސް،އަދި ވަރލްޑް ބޭންކުން ތައްޔާރުކުރާ ކަންޓްރީ ޕޯފަރމަންސް އެންޑް އިންސްޓިޓިއުޝަނަލް އެސެސްމަންޓްސް އަދި ގްލޯބަލް އިންސައިޓްސް ފަދަ ބައިނަލްއަޤްވާމީ އިދާރާތަކުން ތައްޔާރުކުރާ ރިޕޯރޓް ތަކުންނެވެ.

މި މިންގަނޑުގައި ރާއްޖެ ހިމެނިފައިވަނީ، 2007 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރާއި ހަމައަށެވެ. 2011 ގެ ފަހުން މި އިންޑެކްސްގައި ރާއްޖޭގެ ހިމެނިފައިނުވެއެވެ. ހިމެނިފައި ނުވާ ސަބަބު ސާފުކޮށް އެނގޭކަށް ނެތެވެ. ނަމަވެސް، ޤަބޫލުކުރެވޭ މައިގަނޑު ސަބަބަކީ، ސީޕީއައި ގެ “މިނިމަމް ރިކްއަރމަންޓް” ހަމަނުވުމެވެ. މި ދިރާސާގައި މާކުސް ދެވިފައިވާ މިންގަނޑަށް ބަލާއިރު، 0 ން 10 އަށް، 10 އެއީ ކޮރަޕްޝަންގެ ޙާލަތު އެންމެ ރަނގަޅު މިންގަނޑުކަމަށް ބަލައި މާކުސް ދެވުމުން މި އިންޑެކްސްގައި ގައި ރާއްޖެއަށް، އެކި އަހަރުތަކުގައި ލިބިފައިވާ ސްކޯރ (ޓޭބަލް 01) އަށް ބަލާއިރު މި މިންގަނޑުން ދިވެހިރާއްޖެ އުޅެނީ ވަރަށް ދަށުގައި ކަން ފާހަގަކުރެވެއެވެ.

އެކި އަހަރުތަކުގައި ސީޕީއައި ގައި ރާއްޖެއަށް ލިބިފައިވާ މާކުސް
2007 2008 2009 2010 2011
3.3 2.8 2.5 2.3 2.5

ސިވިލް ސަރވިސް މުވައްޒަފުން ކޮރަޕްޝަނާމެދު ދެކޭގޮތުގެ ދިރާސާ 2014

ދިވެހިރާއްޖޭގެ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް އަމާޒުކޮށްގެން އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ސިވިލް ސަރވިސް ކޮމިޝަނާއި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިޔުޓު ގުޅިގެން 2014 ވަނައަހަރުގެ ފެބްރުއަރީ އިން މާރޗް މަހުގެ ނިޔަލަށް ކުރިއަށްގެންދިއަ ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުން ކޮރަޕްޝަނާމެދު ދެކޭގޮތުގެ ދިރާސާއަކީ، ރާއްޖޭގައި ހިންގުނު މިފަދަ ފުރަތަމަ ދިރާސާއެވެ. ސިވިލްސަރވިސްގެ މުވައްޒަފުންގެ ތަޖުރިބާއާއި ޚިޔާލު ހޯދުމުގެ ގޮތުން މަޢުލޫމާތު އެއްކުރެވުނު މިދިރާސާގެ މައިގަނޑު ބޭނުމަކީ ސިވިލްސަރވިސްގެ މުވައްޒަފުން ކޮރަޕްޝަނާމެދު ދެކޭގޮތް ބެލުމެވެ. އަދި މީގެ އިތުރުން މިދިރާސާއިން ލިބޭ ނަތީޖާގެ އަލީގައި ސިވިލް ސަރވިސްގެ އިދާރާތަކުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހުންނަ ފުރުސަތުތައް ނުވަތަ ކޮރަޕްޝަންގެ ނުރައްކާ ކުޑަކުރެވޭނެ ގޮތްތައް ހޯދައި ސިވިލް ސަރވިސްގެ ދާއިރާގައިވާ މުއައްސަސާތަކުގެ އެތެރޭގެ ހިންގުމުގެ ސިޔާސަތު ކޮރަޕްޝަން ހުއްޓުވުމަށް ބާރުއަޅާ ގޮތްތަކަށް ބައްޓަންކޮށް ހަރުދަނާކުރުމަށް އެހީތެރިވުމެވެ. އެގޮތުން މި ދިރާސާގައި ހިމެނޭ މުހިންމު ބައިތަކުގެ ތެރޭގައި، މުވައްޒަފުން ކޮރަޕްޝަނާމެދު ދެކޭގޮތާއި، މުވައްޒަފުންގެ ސުލޫކާއި ނަޒާހަތްތެރިކަމާއި، ސިވިލް ސަރވިސް އިދާރާތަކުގެ ހިންގުމާއި، ކޮރަޕްޝަންގެ ރިޕޯރޓްކުރުމާއި އަދި އޭ.ސީ.ސީގެ ޤާނޫނީ ޙައިސިއްޔަތު އެނގޭ މިންވަރު ދެނެގަތުން ހިމެނެއެވެ. ތިރީގައި އެވަނީ މި ދިރާސާގައި ފާހަގަކުރެވިފައިވާ މުހިންމު ކަންކަމެވެ.

  1. ދިރާސާގައި ބައިވެރިވި ގިނަ ޢަދަދެއްގެ ބައިވެރިންނަށް ކޮރަޕްޝަންގެ ޢަމަލުތައް ފާހަގަކުރަން އެނގެއެވެ. މިގޮތުން ތިރީގައިވާ ޗާޓުގައި ހިމަނާފައިވައި ތަފާތު ކޮރަޕްޝަންގެ ޢަމަލުތަކަށްބަލައި % 76 އާއި% 88 ދެމެދުގެ ބައިވެރިން ކޮރަޕްޝަންގެ ކުއްތައްކަމުގައި އެއްބަސްވެއެވެ. މީގެތެރޭގައި ހިމެނިފައިވާ ކޮރަޕްޝަންގެ ކުއްތަކަކީ؛
  • ވަޒީފާގެ ގޮތުގައި ކުރާ ކަމަކަށް ނުފޫޒު ފޯރުވުމަށް ނުވަތަ އެފަދަ ކަމެއް ނުކޮށް ދޫކޮށްލުމަށް ރިޝްވަތާއި ހަދިޔާ ޤަބޫލުކުރުން،
  • ނާޖާއިޒު ފައިދާ ހޯދުމަށްޓަކައި ލިޔެކިއުމަށް ބަދަލުގެނައުން،
  • ލިބިފައިވާ ބާރާއި މަޤާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރުން،
  • ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުން އަދި
  • ވޯޓު ހޯދުމަށް ރިޝްވަތުދިނުމާއި ވޯޓުދިނުމަށް ރިޝްވަތުޤަބޫލުކުރުން

1

  1. ދިރާސާގެ ބައިވެރިންގެތެރެއިން %79 ބައިވެރިން އެފަރާތްތަކަށް ކޮރަޕްޝަންގެ ޢަމަލެއް ހިންގުމަށް އެހެންފަރާތަކުން ނުފޫޒު ފޯރުވައިފައިނުވާކަމަށް ބުނެފައިވެއެވެ. އަދި، ތިމާއާއި އެކުގައި މަސައްކަތްކުރާ ފަރާތެއް ލައްވާ ކޮރަޕްޝަންގެ ޢަމަލެއް ހިންގުމަށް އެހެންފަރާތަކުން ނުފޫޒުފޯރުވާފައި ނުވާކަމަށް %61 ބައިވެރިން ބުނެފައިވެއެވެ. އަދި، ކޮރަޕްޝަން ހިންގުމަށް އެހެން ފަރާތެއްގެ ނުފޫޒު ‘ތިމާ’ އަށް ނުވަތަ ތިމާއާއިއެކުގައި މަސައްކަތްކުރާ އެހެން ފަރާތަކަށް ފޯރާފައިވާ މިންވަރަކީ %12-%13 އެވެ.

2

  1. ރަސްމީ އިންތިޚާބެއްގައި ވަކި ކެނޑިޑޭޓަކަށް ވޯޓުލުމަށް ނުވަތަ ނުލުމަށް، އޮފީހުގެ އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވާފައިނުވާކަމަށް، ދިރާސާގެ ބައިވެރިންގެ ތެރެއިން %86 ބައިވެރިން ބުނެފައިވެއެވެ. ނަމަވެސް، ވޯޓަށް ނުފޫޒު ފޯރުވާފައިވާކަމަށް %4 ބައިވެރިން ބުނެއެވެ.

3

  1. ދިރާސާގެ ބައިވެރިންގެ ތެރެއިން %30 އާއި %45 އާއި ދެމެދުގެ ބައިވެރިން ޤަބޫލުކުރާގޮތުގައި ކޮރަޕްޝަންގެ ޢަމަލުތައް ހިންގުމުގައި ސިވިލްސަރވިސްގެ ގިނަ މުވައްޒަފުން ބައިވެރިވެއެވެ. މީގެ ތެރޭގައި ރިޝްވަތު ނުވަތަ ނުޙައްޤު ހަދިޔާ ހޯދާކަމަށް %37، މަކަރާއިހީލަތް/ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރި ވާކަމަށް %30، ނާޖާއިޒު ފައިދާ ހޯދުމަށްޓަކައި ލިޔެކިއުމަށް ބަދަލުގެންނަކަމަށް %31، ވަޒީފާދިނުމުގައި ވަކިފަރާތަކަށް ޚާއްޞަ އަހަންމިއްޔަތެއް ދޭކަމަށް %45، އަދި ދައުލަތުގެ މުދާ ނަހަމަގޮތުގައި ބޭނުންކުރާކަމަށް %35 ބައިވެރިން އެއްބަސްވެއެވެ.

4

  1. އިދާރާތަކުގެ އެތެރޭގެ ހިންގުމުގެ ނިޒާމް (ގަވަރނަންސް) އާއި ގުޅޭ ގޮތުން، އިދާރާތަކުގެ ޖަވާބުދާރީވުމުގެ ނިޒާމާއި، ދެފުށްފެންނަހެން ކަންކުރާކަމަށް ޤަބޫލުކުރާ މިންވަރާއި، މުވައްޒަފުންގެ ޕްރޮފެޝަނިލިޒްމްއާއިގުޅޭ ސިފަތައް ބަލައިގެންފައިވާ މިންވަރާއި، އިދާރީ ހިންގުން ހަރުދަނާކުރުމަށް މުހިއްމުކަންދެވޭ ކަންތައްތަކާއި، އަދި މުވައްޒަފުން ވަޒީފާ އަދާކުރާ އޮފީހުގެ އެތެރޭގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ކަނޑައެޅިފައިވާ ބައެއްކަންކަން ތަޖުރިބާކުރެވިފައިވަނީ ކޮންދަރަޖައަކަށްތޯ ބަލާފައިވެއެވެ. މިގޮތުން، މަޞްލަހަތު ފުށުއަރާހެން ކަންކަންކުރުމާއި، ދެފުށްފެންނަހެން ކަންކަން ކުރުމާއި އަދި ޖަވާބުދާރީވުމާއި ގުޅޭގޮތުން ކަންކަން ހުރި ގޮތް ދައްކުވައިދޭ ޗާޓު ތިރީގައި އެވަނީއެވެ.

5

  1. ދިރާސާގައި ބައިވެރިވި ފަރާތްތަކުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ބައިވެރިން ( %55 ) ދެކޭގޮތުގައި ކޮރަޕްޝަން ނައްތާލުމުގައި ސިޔާސީގޮތުން އެއްބާރުލުމުގައި ޖަވާބުދާރީވުމާއި ދެފުށްފެންނަހެން ޢަމަލުކުރާ މިންވަރު ވަރަށްކުޑަކަމަށް ޤަބޫލުކުރެއެވެ.
  1. ހަމައެހެންމެ، %50 އާއި، %52 ބައިވެރިން ދެކޭގޮތުގައި ވަކިއަތަކަށްނުޖެހޭ އިންސާފުވެރި މީޑިއާއެއްގެ ދައުރާއި، ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުގައި ޖަވާބުދާރިވުމާއި ދެފުށްފެންނަގޮތަށް ޢަމަލުކުރާ މިންވަރު ވަރަށްކުޑައެވެ.

6

  1. މީޑިއާއިން ކުރާ ކަންކަމުގެ ސަބަބުން ސިވިލް ސަރވިސްގެ ނަޒާހަތްތެރިކަމަށް އަސަރުކުރާކަމަށް ދެކެނީ ކިހިނެއްތޯ ސުވާލުކުރުމުން، ދިރާސާގެ ބައިވެރިން ޖަވާބުދީފައިވާ ގޮތް އަންގައިދޭ ޓޭބަލް ތިރީގައި އެވަނީއެވެ.
ނޭނގޭ ގޯސް އަސަރު ކުރޭ ރަނގަޅު އަސަރު ކުރޭ
35.8 % 38.1 % 26.1 %

 


  • ނަޒާހަތްތެރިކަމުގެ ޤައުމީ މަޝްރޫޢު
  • އެންޓި-ކޮރަޕްޝަން ކަމިޝަން
  • ފޯން: 3015200