ނަޒާހަތްތެރިކަމުގެ ޤައުމީ މަޝްރޫޢު

ދިވެހިރާއްޖެ

  • ފުރަތަމަ ސަފްހާ
  • ތަޢާރަފް
    • އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އިސްނެގުން
    • މިހާރުގެ ޙާލަތު
    • ދައުލަތުގެ މުއައްސަސާތަކުގެ ނަޒާހަތްތެރިކަން އިތުރުކުރުން
  • ޕްލޭން
    • އަސާސްތައް
    • މަޤުޞަދުތައް
    • ސިޔާސަތުތަކާއި، ސްޓްރޭޓްޖީތަކާއި ޙަރަކާތްތައް
  • ތަންފީޛްކުރުން
    • ތަންފީޛުކުރުމުގެ އާންމު އުޞޫލު
    • މުރާޖަޢާކުރުން
    • ޙަރަކާތްތައް ހިންގޭނެ ލެވެލް އާއި ޙަރަކާތްތައް އަމާޒުކުރާ މުއްދަތު
    • މަރުޙަލާތައް
    • ތަންފީޒުކުރެވޭ ވަރު ދެނެގަތުން
  • ބައިވެރިން
  • ޚަބަރު
  • ޕްރޮމޯޝަން
  • ފޮޓޯ ގެލެރީ
  • ޑައުންލޯޑު
  • ތަޢާރަފް
  • އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އިސްނެގުން
  • މިހާރުގެ ޙާލަތު
  • ދައުލަތުގެ މުއައްސަސާތަކުގެ ނަޒާހަތްތެރިކަން އިތުރުކުރުން

ދައުލަތުގެ މުއައްސަސާތަކުގެ ނަޒާހަތްތެރިކަން އިތުރުކުރުން

ދުނިޔޭގެ ގިނަ ޤައުމުތަކުގައި ޢަމަލުކުރެވޭ ގޮތާއި އެއްގޮތަށް، ދިވެހިރާއްޖޭގައިވެސް ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުގެ އެންމެ މުހިންމު ގޮތްޕަކީ މުއައްސަސާތަކުގެ ނަޒާހަތްތެރިކަން އިތުރުކުރުން ކަމުގައި ޤަބޫލުކުރަންޖެހެއެވެ. ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި އެ ޤައުމުތަކުގެ ޤައުމީ ނަޒާހަތްތެރިކަން ކުރިއެރުވުމަށްޓަކައި، އެކަންކަމާގުޅޭ ސިޔާސަތުތައް ފުޅާދާއިރާއެއްގައި ތަންފީޒުކުރަމުންދެއެވެ. މިފަދަ މަސައްކަތްތައް ކުރުމަށްޓަކައި، ރޭވުންތެރިކަމާއި އިންތިޒާމުތަކާއެކު ނަޒާހަތްތެރިކަން ކުރިއެރުވުމަށާއި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަށްޓަކައި އެންޓި-ކޮރަޕްޝަން ސިޔާސަތުތައް ކަނޑައަޅައި ނަޒާހަތްތެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރެވެމުންދެއެވެ. އަދި ހަމައެއާއެކު، އެ ޤައުމުތަކުގައި، ދައުލަތާއި ދައުލަތް ޙިއްޞާވާ އަދި އަމިއްލަ ކުންފުނިތަކުން ނަޒާހާތްތެރިކަން އިތުރު ކުރުމަށް ދައުލަތުގެ މުއައްސަސާތަކާއި އެކު ގުޅިގެން މަސައްކަތްކުރަމުންދެއެވެ.

ދިވެހިރާއްޖޭގައިވެސް، ދައުލަތުގެ އިދާރާތަކާއި މުއައްސަސާތަކުގެ ނަޒާހަތްތެރިކަން ކުރިއަރުވައި ހަރުދަނާކުރުމަށްޓަކައި މިފަދަ މަސައްކަތްތަކެއް ކުރަންޖެހެއެވެ، މިގޮތުން މިފަދަ  މަސައްކަތެއް ކުރުމުގައި، ދިވެހި ހިންގުމުގެ ނިޒާމާއި ވައްޓަފާޅިއާ އެންމެ ގުޅޭ ގޮތަށް، ދިވެހިވަންތަ ސިފަތައް ރައްކާތެރިކުރެވޭނެ ފަދައިން މަސައްކަތްތަކެއް ކުރެވެންޖެހެއެވެ.  ދިވެހިރާއްޖޭގައި ކަންކަން ކަނޑައަޅައި ނިންމުމުގައި ނިޒާމީ ގިތުން ތިރީގައިވާ ފަށަލަތައް ވާކަން ފާހަގަކުރެވެއެވެ.

  • ތަންފީޒީ ބާރު : ދިވެހި ދައުލަތުގެ ތަންފީޒީ ބާރުން، ކެބިނެޓުގެ ލެވެލްގައި އެކުލަވާލާ ދައުލަތް ހިންގުމުގެ މައި އަސާސީ ސިޔާސަތުތަކާއި ނިންމުންތައް
  • ޤާނޫނު ހެދުން : ޤާނޫނު ހެދުމުގެ ޒިންމާއާ ބާރުލިބިފައިވާ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ހަދާ ޤާނޫނުތަކާއި ޕާލަމެންޓަރީ ކޮމިޓީތަކުން ނިންމާ ނިންމުންތައް
  • އިދާރާތައް: ދިވެހި ދައުލަތުގެ އެންމެހައި މުއައްސަސާތަކުންނާއި އިދާރާތަކުން އެކުލަވާލާ ގަވާއިދުތަކާއި، އުސޫލުތަކާއި އެކަށައަޅާ ސްޓްރެޓެޖީތަކާއި ނިންމާ ނިންމުންތައް
  • ކުންފުނިތައް: ދައުލަތުގެ އަދި ދައުލަތް ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކުގެ ނިންމުންތައް

ދައުލަތުގެ އިދާރާތަކާއި މުއައްސަސާތަކުގެ ނަޒާހަތްތެރިކަން އިތުރުކުރުމަށްޓަކައި އިސްވެ ދެންނެވިފައިވާ ހުރިހައި ލެވެލްއެއްގައިވެސް  ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކޮށް ނަޒާހަތްތެރިކަން ކުރިއަރުވަން މަސައްކަތް ކުރަން ޖެހެއެވެ.


  • ނަޒާހަތްތެރިކަމުގެ ޤައުމީ މަޝްރޫޢު
  • އެންޓި-ކޮރަޕްޝަން ކަމިޝަން
  • ފޯން: 3015200