އެންއައިޕީ ތަންފީޒު ކުރުމާ ބެހޭގޮތުން އެލްޖީއޭއާ މަޝްވަރާ ކޮށްފި

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ލޯކަލް ގަވަރމަންޓް އޮތޯރިޓީއާ ބައްދަލުކޮށްފިއެވެ. 9 ފެބުރުވަރީ 2017 ވަނަ ދުވަހު އޭސީސީގައި ބޭއްވުނު މި ބައްދަލުވުމަކީ އޭސީސީން އިސްނަގައިގެން ދައުލަތުގެ އިދާރާތަކާ ގުޅިގެން ޤައުމީ ފެންވަރުގައި ނަޒާހަތްތެރިކަން ކުރިއެރުވުމަށްޓަކައި އެކުލަވާލާފައިވާ، ނޭޝަނަލް އިންޓެގްރިޓީ ޕްލޭން (އެންއައިޕީ) އަތޮޅުތަކުގައި ތަންފީޒު ކުރުމުގެ ގޮތުން ހަރަކާތްތައް ރާވާނެ ގޮތަކާބެހޭގޮތުން މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ.  މިބައްދަލުވުމުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އިސް ބައެއް ފަރާތްތަކާއި އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ. މިބައްދަލުވުމުގައި އެންއައިޕީގެ އިތުރަށް ވިދާޅުވޭ..


ނަޒާހަތްތެރިކަމުގެ ޤައުމީ ސިއްކަ ދިނުމުގެ އުޞޫލުގެ ދެލިކޮޕީ އާންމުންގެ ޚިޔާލަށް ހުޅުވާލައިފި

އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިސްނަގައިގެން، ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކާއި ޖަމްޢިއްޔާ ޖަމާޢާތްތަކާ ގުޅިގެން ތައްޔާރުކޮށް ތަންފީޒުކުރުމަށް ތައްޔާރުވަމުންދާ ނޭޝަނަލް އިންޓެގްރިޓީ ޕްލޭންގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޙަރަކާތްތަކުގެ ތެރެއިން އެއް ޙަރަކާތް ކަމަށްވާ “ނަޒާހަތްތެރިކަމުގެ ޤައުމީ ސިއްކަ” ދިނުމުގައި ޢަމަލު ކުރާނެ ގޮތުގެ އުޞޫލުގެ ޑްރާފްޓަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު އާންމުންނަށް މިއަދު ހުޅުވާލައިފިއެވެ. މި ސިއްކައަކީ، ދައުލަތުގެ އިދާރާތަކަކީ ރައްޔިތުންގެ ފުރިހަމަ އިތުބާރު ލިބިފައިވާ ޒިންމާދާރުކަމާއެކު ޚިދުމަތްދޭ، ނަޒާހަތްތެރި އިދާރާތަކަކަށް ހެދުމަށް ބާރުއެޅުމަށްޓަކައި، އެތަންތަނުގެ ހިންގުމުގެ އިތުރަށް ވިދާޅުވޭ..


ނޭޝަނަލް އިންޓެގްރިޓީ ޕްލޭން، ލޭބަރ ރިލޭޝަންސް އޮތޯރިޓީއާ ޙިއްޞާކޮށްފި

އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިސްނަގައިގެން ތައްޔާރުކުރަމުންދާ ނޭޝަނަލް އިންޓެގްރިޓީ ޕްލޭނާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީއާއެކު ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުން ބޭއްވުނީ 12 ޖޫން 2016 ވީ އާދީއްތަ ދުވަހު ހެނދުނު 10:30 ގައި ލޭބަރ ރިލޭޝަންސް އޮތޯރިޓީގައެވެ. މި ބައްދަލުވުމުގައި ނޭޝަނަލް އިންޓެގްރިޓީ ޕްލޭންގެ މައިގަނޑު އަސާސްތަކާއި މަޤުޞަދުތަކާއި، ޕްލޭންގައި ހިމެނޭ ސިޔާސަތުތަކާއި، ސްޓްރެޓެޖީތައް އަދި ބައެއް ނަމޫނާ ޙަރަކާތްތަކާ ބެހޭގޮތުން މަޝްވަރާކުރެވިފައި ވެއެވެ. އަދި ނޭޝަނަލް އިންޓެގްރިޓީ ޕްލޭންގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް އިތުރަށް ވިދާޅުވޭ..


އިސްލާމިކް މިނިސްޓްރީގެ މުވައްޒަފުން ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ސޮއިކޮށްފި

އިސްލާމިކް މިނިސްޓްރީގެ މުވައްޒަފުން 23 މޭ 2016 ގައި ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ސޮއިކުރައްވައިފިއެވެ. މިއަދު އިސްލާމިކް މިނިސްޓްރީގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ރަސްމިއްޔާތުގައ އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒިޔާދާއި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރާއި ނައިބު މިނިސްޓަރުންގެ އިތުރުން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ރައީސް އަލްފާޟިލް ޙަސަން ލުޠުފީ އާއި ނައިބްރައީސާއި ކޮމިޝަނުގެ މެމްބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒިޔާދާއި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ރައީސް އަލްފާޟިލް ޙަސަން ލުޠުފީ އިތުރަށް ވިދާޅުވޭ..


ނޭޝަނަލް އިންޓެގްރިޓީ ޕްލޭން، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއާ ޙިއްޞާކޮށްފި

އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިސްނަގައިގެން ތައްޔާރުކުރަމުންދާ ނޭޝަނަލް އިންޓެގްރިޓީ ޕްލޭނާ ބެހޭގޮތުން މަޝްވަރާ ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއާއެކު އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުން ބޭއްވުނީ 18 މޭ 2016 ވީ އަންގާރަ ދުވަހު ހެނދުނު 11:00 ގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްގައެވެ. މި ބައްދަލުވުމުގައި، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ރައީސް އަލްފާޟިލް ޙަސަން ލުޠުފީ އަދި ކޮމިޝަން މެމްބަރ އާމިނަތު މިންނާގެ އިތުރުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްގެ އިސް ވެރިން ބައިވެރިވެލެއްވިއެވެ. މި ބައްދަލުވުމުގައި ނޭޝަނަލް އިތުރަށް ވިދާޅުވޭ..


ނޭޝަނަލް އިންޓެގްރިޓީ ޕްލޭން ފުވައްމުލަކުގެ އިދާރާތަކުގެ އިސްވެރީންނާ ޙިއްޞާކޮށްފި

އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިސްނަގައިގެން، މިހާރު ތައްޔާރުކުރަމުންދާ ނޭޝަނަލް އިންޓެގްރިޓީ ޕްލޭނާ ބެހޭގޮތުން ފުވައްމުލަކުގެ އިދާރާތަކުގެ އިސްވެރީންނަށް ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުން ބޭއްވުނީ 24 އެޕްރީލް 2016 ވީ އާދީއްތަ ދުވަހުގެ މެންދުރު 13:30 ގައި ކުރުނދުމާ މާލަމްގައެވެ. އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި ނޭޝަނަލް އިންޓެގްރިޓީ ޕްލޭންގެ މައިގަނޑު އަސާސްތަކާއި މަޤުޞަދުތަކާއި، ޕްލޭންގައި ހިމެނޭ ސިޔާސަތުތަކާއި، ސްޓްރެޓެޖީތައް އަދި ބައެއް ނަމޫނާ ޙަރަކާތްތަކާ ބެހޭގޮތުން މަޝްވަރާކުރެވިފައި ވެއެވެ. އަދި ނޭޝަނަލް އިންޓެގްރިޓީ ޕްލޭންގެ އިތުރަށް ވިދާޅުވޭ..


ނޭޝަނަލް އިންޓެގްރިޓީ ޕްލޭން ސިޓީ އަދި އަތޮޅު ކައުންސިލްތަކާ ޙިއްޞާކޮށްފި

އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިސްނަގައިގެން، މިހާރު ތައްޔާރުކުރަމުންދާ ނޭޝަނަލް އިންޓެގްރިޓީ ޕްލޭނާ ބެހޭގޮތުން ސިޓީ އަދި އަތޮޅު ކައުންސިލަރުންނަށް ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުން ބޭއްވުނީ 29 މާރިޗު 2016 ވީ އަންގާރަ ދުވަހުގެ ހެނދުނު 8:30 ގައި ލޯކަލް ގަވަރމެންޓް އޮތޯރިޓީން ކުރިޔަށްގެންދާ ސިޓީ އަދި އަތޮޅު ކައުންސިލްތަކުގެ ޤައުމީ މަހާސިންތާގެ ތެރެއިންނެވެ. އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރުންގެ އިތުރުން މާލެ އަދި އައްޑޫސިޓީ ގެ ކައުންސިލަރުންނާއި، އެކިއެކި އަތޮޅުތަކުގެ ކައުންސިލަރުން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި ނޭޝަނަލް އިންޓެގްރިޓީ އިތުރަށް ވިދާޅުވޭ..


ނޭޝަނަލް އިންޓެގްރިޓީ ޕްލޭން ޖުމްހޫރީ ޕާޓީ އާ ޙިއްޞާކޮށްފި

އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިސްނަގައިގެން، މިހާރު ތައްޔާރުކުރަމުންދާ ނޭޝަނަލް އިންޓެގްރިޓީ ޕްލޭނާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ޖުމްހޫރީ ޕާޓީގެ އިސްވެރީންނާއެކު ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުން ބޭއްވުނީ 17 މާރިޗު 2016 ވީ ބުރާސްފަތި ދުވަހުގެ ދުވަހު 14:30 ގައި ޖުމްހޫރީ ޕާޓީގެ އޮފީހުގައެވެ. އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރުންގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހީމް އާއި، ޕާލިމެންޓަރީ ގްރޫޕްގެ މެމްބަރުންނާއި ޕާޓީގެ އެހެނިހެން އިސްވެރީން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި ނޭޝަނަލް އިންޓެގްރިޓީ ޕްލޭންގެ މައިގަނޑު އިތުރަށް ވިދާޅުވޭ..


ނޭޝަނަލް އިންޓެގްރިޓީ ޕްލޭން، މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ އާ ޙިއްޞާކޮށްފި

އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިސްނަގައިގެން ތައްޔާރުކުރަމުންދާ ނޭޝަނަލް އިންޓެގްރިޓީ ޕްލޭނާ ބެހޭގޮތުން މަޝްވަރާ ކުރުމަށް މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ އާ އެކު އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުން ބޭއްވުނީ 20 މާރިޗު 2016 ވީ އާދީއްތަ ދުވަހު ހެނދުނު 10:00 ގައި އެޓަރނީ ޖެނެރަލްގެ އޮފީހުގައެވެ. މި ބައްދަލުވުމުގައި ، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ރައީސް އަލްފާޟިލް ޙަސަން ލުޠުފީގެ އިތުރުން ކޮމިޝަނުގެ އެހެން މެމްބަރުންނާއި، އެޓަރނީ ޖެނެރަލް އަލްޢުސްތާޛް މުޙައްމަދު އަނިލް، އަދި އިތުރަށް ވިދާޅުވޭ..


ނޭޝަނަލް އިންޓެގްރިޓީ ޕްލޭން ޕަބްލިކް ސަރވިސް މީޑިއާގެ ބޯޑު މެމްބަރުންނާ ޙިއްޞާކޮށްފި

އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިސްނަގައިގެން، މިހާރު ތައްޔާރުކުރަމުންދާ ނޭޝަނަލް އިންޓެގްރިޓީ ޕްލޭނާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ޕަބްލިކް ސަރވިސް މީޑިއާގެ ބޯޑު މެމްބަރުންނާއެކު ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުން ބޭއްވުނީ 7 މާރިޗު 2016 ވީ ހޯމަ ދުވަހު މެންދުރު 14:00 ގައި ރޭޑިއޯ ބިލްޑިންގ ގައެވެ. އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި ނޭޝަނަލް އިންޓެގްރިޓީ ޕްލޭންގެ މައިގަނޑު އަސާސްތަކާއި މަޤުޞަދުތަކާއި، ޕްލޭންގައި ހިމެނޭ ސިޔާސަތުތަކާއި، ސްޓްރެޓެޖީތައް އަދި ބައެއް ނަމޫނާ ޙަރަކާތްތަކާ ބެހޭގޮތުން މަޝްވަރާކުރެވިފައި އިތުރަށް ވިދާޅުވޭ..